އިރާން ހަނގުރާމައާ ދެކޮޅަށް އަޑުއުފުލި އެމެރިކާ އަސްކަރީ ސިފައިންގެ ގިނަބަޔަކު ހައްޔަރުކޮށްފި
އެމެރިކާގެ ކެޕިޓަލް ބިލްޑިންގް ކައިރިއަށް އެއްވެ، އިރާނާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް މުޒާހަރާކުރި އެމެރިކާ ސިފައިންގެ ކުރީގެ މެންބަރުންތަކެއް ހައްޔަރުކޮށްފިއެވެ.
މި މުޒާހަރާގެ ބައިވެރިން އަޑުއުފުލަމުންދިޔައީ އިރާނާ ދެކޮޅަށް ކުރާ ހަނގުރާމައާއި، ގައްޒާ އަދި ލުބުނާނުގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުތަކާ ދެކޮޅަށެވެ. އެ ހަނގުރާމަތައް ވަގުތުން ވަގުތައް ހުއްޓާލުމަށް އެ މީހުން ދިޔައީ ގޮވާލަމުންނެވެ.
ގިނަ އަދަދެއްގެ ކުރީގެ ސިފައިން ކެޕިޓަލް ބިލްޑިންގް ސަރަހައްދަށް އެއްވެ، އެމެރިކާގެ ޚާރިޖީ ސިޔާސަތުތަކާ މެދު ވަނީ ނުރުހުން ފާޅުކޮށްފައެވެ.
Ads by BMLލިބިފައިވާ ރިޕޯޓްތަކަށް ބަލާއިރު، މުޒާހަރާގެ ބައިވެރިން ހައްޔަރުކުރުމަށް އަމުރު ކުރެއްވީ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. މި އަމުރާ ގުޅިގެން ފުލުހުން ވަނީ މުޒާހަރާގެ ސަރަހައްދަށް ވަދެ، އެތަނުގައި ތިބި ސިފައިންގެ ކުރީގެ މެންބަރުންތަކެއް ބާރުގެ ބޭނުންކޮށްގެން ހައްޔަރުކޮށްފައެވެ.
މި ހާދިސާގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އޭގެއިން ފެންނަ ގޮތުގައި ފުލުހުން ދަނީ މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސައި، ބައެއް މީހުން ބިޑިއަޅުވައިގެން ގެންދަމުންނެވެ.
މިއީ ގައުމަށް ޚިދުމަތްކޮށްފައިވާ ބަޔަކާ މެދު އަމަލުކުރަން ނުޖެހޭ ގޮތެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
Ads by MACL
