ރާއްޖޭގެ 13 ސަރަޙައްދަކުން އަގުހެޔޮކޮށް ޑީސަލް ލިބޭނެ ގޮތް ހަދައިފި
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ މި ދަނޑިވަޅުގައި، ދިވެހި މަސްވެރިންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ރާއްޖޭގެ 13 ސަރަޙައްދަކުން އަގުހެޔޮކޮށް ޑީސަލް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފިއެވެ.
މަސްވެރިކަމުގެ ސިނާއަތް ހުއްޓުމަކަށް ނައިސް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވާފައިވާ އިރުޝާދުގެ ދަށުން ފެށި މި ޕްރޮގްރާމް، މިހާރު ވަނީ މުޅި ރާއްޖެއަށް ފުޅާކޮށްފައެވެ. އެގޮތުން 22 އޭޕްރީލް 2026 އިން ފެށިގެން، ރާއްޖޭގެ އުތުރާއި ދެކުނުގައި އެފްއެސްއެމްގެ ސްކިޑްތަކާއި ޝެޑްތައް ގާއިމުކޮށްފައިވާ ހުރިހާ ހިސާބަކުން މަސްދޯނިފަހަރަށް ސަބްސިޑައިޒްޑް ރޭޓެއްގައި ތެޔޮ ލިބޭނެއެވެ.
މިދިޔަ މާރިޗު މަހު ފުރަތަމަ މި ޚިދުމަތް ފެށީ ހުޅުމާލެ، ހިންމަފުށި، ފެލިވަރު، ކޫއްޑޫ އަދި ހުޅުމީދޫގައި ހުންނަ މިފްކޯ އަދި އެފްއެސްއެމްގެ ޝެޑްތަކުންނެވެ. ނަމަވެސް ސަރުކާރުން މިހާރު ވަނީ އިތުރު 8 ރަށަކާއެކު ޖުމްލަ 13 ތަނަކުން މި ޚިދުމަތް ލިބޭނެގޮތް ހަމަޖައްސާފައެވެ.
Ads by BMLއަގުހެޔޮކޮށް މަސްވެރިންނަށް ތެޔޮ ލިބޭނެ ރަށްތަކަކީ:
-
ހއ. އިހަވަންދޫ
-
ހދ. ހަނިމާދޫ
-
ށ. މިލަންދޫ
-
ބ. އޭދަފުށި
-
ފ. ނިލަންދޫ
-
ރ. ދުވާފަރު
-
ދ. ކުޑަހުވަދޫ
-
ކ. ހިންމަފުށި
-
ޅ. ފެލިވަރު
-
ސ. ހުޅުމީދޫ
-
ގއ. ކޫއްޑޫ
-
ހުޅުމާލެ ޖެޓީ ސަރަޙައްދު
ސަރުކާރުން މަޢުލޫމާތު ދޭގޮތުގައި، މި ޚާއްޞަ ރޭޓުގައި ތެޔޮ ގަތުމަށްޓަކައި މަސްވެރިން ދެ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ. އެއީ އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކޮޕީއަކާއި، އެންމެ ފަހުން އެ ދޯންޏަކުން މަސްކިރުވިކަން އަންގައިދޭ ރަސީދެވެ.
ތެޔޮ ދޫކުރުމަށް ހަމަޖެހިފައިވަނީ އުޅަނދުގެ ބޮޑުމިނާއި، ކުރާ މަސްވެރިކަމުގެ ބާވަތަށް ބަލައިގެން ކަނޑައެޅިފައިވާ ވަކި ލިމިޓްތަކެއްގެ ތެރެއިންނެވެ.
ކަޅުބިލަމަހުގެ މަސްވެރިކަން ކުރާ އުޅަނދުތަކަށް (ދަތުރަކަށް):
-
85 ފޫޓުން މަތީގެ އުޅަނދުތަކަށް: 5,000 ލީޓަރު (މަހަކަށް 2 ދަތުރު)
-
50 ފޫޓާއި 85 ފޫޓާ ދެމެދުގެ އުޅަނދުތަކަށް: 3,000 ލީޓަރު (މަހަކަށް 3 ދަތުރު)
-
50 ފޫޓުން ދަށުގެ އުޅަނދުތަކަށް: 1,500 ލީޓަރު (މަހަކަށް 3 ދަތުރު)
ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ އުޅަނދުތަކަށް (ދަތުރަކަށް):
-
85 ފޫޓުން މަތީގެ އުޅަނދުތަކަށް: 1,800 ލީޓަރު (މަހަކަށް 5 ދަތުރު)
-
50 ފޫޓާއި 85 ފޫޓާ ދެމެދުގެ އުޅަނދުތަކަށް: 1,200 ލީޓަރު (މަހަކަށް 5 ދަތުރު)
-
50 ފޫޓުން ދަށުގެ އުޅަނދުތަކަށް: 600 ލީޓަރު (މަހަކަށް 5 ދަތުރު)
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ގެނައި މި ބަދަލާއެކު، މަސްވެރިކަމުގެ މޫސުމުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ނަގައި، އޮޑިދޯނިފަހަރު މަސްކަނޑުތަކަށް ނުކުމެ މި ސިނާއަތަށް އާ ދިރުމެއް ލިބިގެންދާނެކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.
Ads by MACL
