މަސްހިފަން ފޭބި 21 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ
ލ. ހިތަދޫ އިން މަސް ހިފަން ފޭބި 21 އަހަރުގެ ޒުވާނަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެރަށުގައި މަސްހުފަން މޫދަށް އެރި އުޅުނު މީހަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު މިއަދުގެ 15:42 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި ފުލުހުން އެ ސަރަހައްދަށް ގޮސް އެ މީހާ ވަނީ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
Ads by BMLއަދި އެ މީހާ ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ނިޔާވެފައި ވަނީ 21 ދިވެހި ފިރިހެނެކެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.
Ads by MACL
