ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޗިމްޕެންޒީސް އަލްކޮހޮލް އެކުލެވޭ މޭވާ ބޭނުންކޮށް ޕާޓީ ކުރާކަން ދިރާސާއަކުން ހާމަވެއްޖެ

ޗިމްޕެންޒީސް އަލްކޮހޮލް އެކުލެވޭ މޭވާ ބޭނުންކޮށް ޕާޓީ ކުރާކަން ދިރާސާއަކުން ހާމަވެއްޖެ
ޗިމްޕެންޒީސް އަލްކޮހޮލް އެކުލެވޭ މޭވާ ބޭނުންކޮށް ޕާޓީ ކުރާކަން ދިރާސާއަކުން ހާމަވެއްޖެއެވެ.
ހުޅަނގު އެފްރިކާގައި ޗިމްޕެންޒީތަކާ ބެހޭގޮތުން ދިރާސާކުރަމުންދާ ބްރިޓިޝް ޢިލްމުވެރިންގެ ޓީމަކުން ހާމަކޮށްފައިވާ ގޮތުގައި، މި ޕްރައިމޭޓްތަކުން އަލްކޮހޮލް އެކުލެވޭ މޭވާ ކައި އަދި އެހެން ޗިމްޕެންޒީތަކާ ހިއްސާކުރަމުންދާތަން ފާހަގަކުރެވިފައިވެއެވެ.

އެކްސެޓަރ ޔުނިވަރސިޓީގެ ދިރާސާ ޓީމުން ބުނެފައިވާ ގޮތުގައި، ގިނީ-ބިސާއުގެ ކަންޓަންހެޒް ނެޝަނަލް ޕާކުގައި ބެހެއްޓި ކެމެރާތަކުން ޗިމްޕެންޒީތައް ހަފާފައިވާ އެފްރިކަން ބްރެޑްފްރޫޓް ބޭނުންކުރަމުންދާތަން ފެނިފައިވެއެވެ. ފަހުން ކުރެވުނު ތަޙްލީލުތަކުން މި މޭވާގައި އެތަނޯލް އެކުލެވޭކަން ކަށަވަރުކުރެވިފައިވެއެވެ.

މި ދިރާސާގެ ނަތީޖާތަކުން ދައްކާގޮތުގައި، އިންސާނުން މަސްތުވާ ބުއިންތައް ބޭނުންކުރާ ބޭނުމާ އެއްފަދަ ބޭނުމަކަށް ޗިމްޕެންޒީތަކުން އަލްކޮހޮލް ބޭނުންކުރަމުންދާ ކަމަށް ލަފާކުރެވެއެވެ.

ދިރާސާވެރިން ފާހަގަކޮށްފައިވާ ގޮތުގައި، ޗިމްޕެންޒީތަކުން އެކަހެރިކޮށް މި މޭވާތައް ކެއުމުގެ ބަދަލުގައި ހިއްސާކުރަމުންދާކަން ފާހަގަކުރެވިފައިވުމަކީ މުހިންމު ކަމެކެވެ.

https://www.youtube.com/watch?v=DbpixLlSPHI&ab_channel=NewYorkPost

ކިމްބަރލީ ހޮކިންގްސް ވިދާޅުވެފައިވަނީ، "ޗިމްޕެންޒީތަކުން އާންމު ގޮތެއްގައި ކާތަކެތި އެކަކު އަނެކަކަށް ނުދޭތީ، ހަފާފައިވާ މޭވާއާ މެދު މި ޢަމަލު މުހިންމު ކަމަށް ވެދާނެއެވެ.

އެތަނޯލް އެކުލެވޭ މޭވާ ހޯދުމަށް އެ ސޫފާސޫފިތަކުން ގަސްދުގައި މަސައްކަތްކުރޭތޯ އަދި އެ ސޫފާސޫފިތަކުގެ ހަށިގަނޑުގައި އެ ތަކެތި ހަޖަމުކުރެވެނީ ކިހިނެއްކަން އަޅުގަނޑުމެން އިތުރަށް ދެނެގަންނަން ޖެހެއެވެ. ނަމަވެސް މި ޢަމަލަކީ 'ފީސްޓިންގ' ގެ ފެށުމުގެ ތަކާމުލީ މަރުޙަލާތަކަށް ވެދާނެއެވެ."










ހޮކިންގްސް އިތުރަށް ވިދާޅުވެފައިވަނީ، "އެހެންކަމަށްވާނަމަ، މިއިން ދޭހަވަނީ އިންސާނުންގެ ފީސްޓިންގގެ އާދަކާދައިގެ އަސްލު އަޅުގަނޑުމެންގެ ތާރީޚުން ފެށިގެން އައިސްފައިވާ ކަމަށެވެ."މި ދިރާސާގެ ނަތީޖާތަކުން އަލިއަޅުވާލަނީ ޗިމްޕެންޒީތަކުގެ އިޖްތިމާޢީ އަދި ކޮގްނިޓިވް ޤާބިލިއްޔަތުތަކުގެ މައްޗަށެވެ.

އަދި މީގެ އިތުރުން، އިންސާނުންނާއި އެހެނިހެން ޕްރައިމޭޓްތަކުގެ ދެމެދުގައިވާ ގުޅުންތަކުގެ މައްޗަށް އައު ރޮނގުތަކެއް ހުޅުވައިދެއެވެ. މި ދިރާސާގެ ނަތީޖާތަކުން އިތުރު ސުވާލު ސުވާލުތަކެއް އުފައްދާފައިވާއިރު، މުސްތަޤުބަލުގައި ކުރެވޭ ދިރާސާތަކުން މި ދާއިރާއާ ގުޅޭ އިތުރު މަޢުލޫމާތު ލިބޭނެކަމަށް އުންމީދުކުރެވެއެވެ.