ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޓްރަމްޕް ބާރުއަޅަނީ އީރާނަށް ނިއުކްލިއާ ހަމަލަދޭން!

ޓްރަމްޕް ބާރުއަޅަނީ އީރާނަށް ނިއުކްލިއާ ހަމަލަދޭން!

ވައިޓް ހައުސްގައި ބޭއްވުނު ކުއްލި ބައްދަލުވުމެއްގެ ތެރެއިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާނަށް ނިއުކްލިއާ ހަމަލަދޭން އަނެއްކާ ވެސް މަޝްވަރާކޮށްފިއެވެ.

ސީ.އައި.އޭ ގެ ކުރީގެ އެނަލިސްޓް ލެރީ ޖޯންސަންއާ ހަވާލާދީ ފެތުރެމުންދާ މި ޚަބަރުތަކުގައިވާ ގޮތުން، ވައިޓް ހައުސްގައި ރޭ ބޭއްވި ބައްދަލުވުމުގައި ވެސް ނިއުކްލިއާ ކޯޑްތަކަށް އެކްސެސް ހޯއްދަވަން މަސައްކަތް ކުރެއްވި ކަމަށް ވަނީ ބާރުއަޅާފައެވެ. އެހެން ނަމަވެސް ޖެނެރަލް ޑެން ކޭން އެކަން ހުއްޓުވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޚަބަރުތަކުގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ ވައިޓް ހައުސްގައި ބޭއްވުނު ނުރަސްމީ އަދި ކުއްލި ބައްދަލުވުމެއްގެ ތެރޭގައެވެ. ޖެނެރަލް ކޭން ޓްރަމްޕްގެ މި މަސައްކަތަށް ހުރަސް އެޅުއްވީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ސާފެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން އެމެރިކާގެ ސިޔާސީ މަސްރަހުގައި ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ. ޚާއްޞަކޮށް ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމުގެ ބާރު ރައީސަށް އޮންނަ މިންވަރާއި، އެފަދަ ނިންމުމެއް ނިންމުމުގައި އަސްކަރީ އިސްވެރިންގެ ދައުރާ މެދު ސުވާލުތައް ދަނީ އުފެދެމުންނެވެ.

މި ރިޕޯޓާ ގުޅިގެން އާންމުންގެ މެދުގައި ޓްރަމްޕަށް އޮތް އިތުބާރު ވަޒަންކުރުމަށްޓަކައި އެކި ފަރާތްތަކުން ދަނީ ޚިޔާލު ހޯދުމުގެ ވޯޓުތައް ނަގަމުންނެވެ. މީގެ ތެރޭގައި ޓްރަމްޕަށް ކުރާ އިތުބާރު 100 އިންސައްތައިން ފެށިގެން އެއްވެސް އިތުބާރެއް ނެތް މިންވަރަށް ގިންތިކޮށްފައިވެއެވެ.

ވައިޓް ހައުސްއިން ނުވަތަ ޕެންޓަގަންއިން މިކަމާ ގުޅޭގޮތުން ރަސްމީކޮށް އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މިފަދަ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވުމަކީ ކުރިއަށް އޮތް ތަނުގައި ސަލާމަތީ ބާރުތަކާއި ރައީސާ ދެމެދު އޮތް ގުޅުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.