ދިވެހީންގެ "ހޭންޑްބޯލް ކަޕް 2026 ބައި ޒެޑެކްސް" އަންނަ މަހު މެލޭޝިޔާގައި
މެލޭޝިޔާގެ ދިރިއުޅޭ ދިވެހީންނަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ ދިވެހީންގެ ހޭންޑްބޯލް ކަޕް 2026 ބައި ޒެޑެކްސް އަންނަ މަހު މެލޭޝިޔާގައި ބާއްވަން ތައްޔާރުވެއްޖެއެވެ.
މިއަހަރު ބާއްވަން ހަމަޖެހިފައިާ މުބާރާތަށް ކިޔަނީ " ދިވެހީންގެ ހޭންޑްބޯލް ކަޕް 2026 ބައި ޒެޑެކްސް" އެވެ.
މިދިޔަ އަހަރު މުބާރާތުގައި ޖުމްލަ 9 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އެ މުބާރާތުގައި 100 އެއްހާ ދިވެހީން ވަނީ ކުޅެފައެވެ.
Ads by BMLމި މުބާރާތުގެ އިސް އޮފިޝަލް މުހައްމަދު ޔަޝްމު ޖީލަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މިއީ މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށްގެން ބާއްވާ މުބާރާތެއް ކަމަށެވެ. މިމުބާރާތުގެ އެންމެ ބޮޑު އެއް މަގުސަދަކަށް ވެގެން ދަނީ ބޭރުގައުމެއްގައި ދިވެހީން އެއްތަނަކުން ބައްދަލުވެ އުފާވެރި ވަގުތު ކޮޅެއް ހޭދަ ކޮށްލައި ހޭންޑް ބޯޅައަށް އިތުރު ޝައުގުވެރިކަން ޖެއްސުން ކަމަށެވެ.
މިދިޔަ އަހަރުގެ މުބާރާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށާއި އެއީ މިހާތަނަށް މެލޭޝިއާގައި ދިވެހީން ކުރިއަށް ދިޔަ އެންމެ ބޮޑު އެއް ހަރަކާތަށް ވާނެކަމަށެވެ. އެކަން މުބާރާތުގެ ތެރެއިންވެސް ފާހަގަ ވެގެން ދިޔަކަމަށް ޔަޝްމު ވިދާޅުވިއެވެ.
މި މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމަކީ އިމިއުނިޓީ އެސްއާރްސީއެވެ. އަދި ރަނަރަޕް ޓީމަކީ ކްލަބު ގެލޭކްޓިކޯސް އެވެ. މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ ބަނަސް އެވެ. އަދި ރަނަރަޕް ޓީމަކީ ހަވަރު ސްޕޯޓްސް އެވެ.
މެލޭޝިޔާއަކީ ބޭރު ގައުމު ތަކުގެ ތެރެއިން ދިވެހިން އެންމެ ގިނައިން ދިރިއުޅޭ އެއްގައުމެވެ. 3000 އާއި ގާތްކުރާ އަދަދަކަށް މެލޭޝިޔާގައި ދިރިއުޅެމުންދާއިރު މި ފަދަ އެކިއެކި ހަރަކާތްތައް ގިނަގިނައިން ބޭއްވުމަކީ ދިވެހިންނަށް ލިބިގެންދާނެ އިތުރު ހިތްހަމަޖެހުމަކަށް ވާނެއެވެ.
Ads by MACL
