މި އަހަރުގެ "އަޟްޙާ ޢީދު" ދުވަސް ފަލަކީ ހިސާބުތަކުން ދައްކައިފި
އެސް.އެސް.އޭ.އެޗްގެ ހިސާބުތަކުން ދައްކާގޮތުގައި، 1447 ވަނަ އަހަރުގެ ޛުލްޤަޢިދާ މަހުގެ 29 ވަނަ ދުވަހު (17 މެއި 2026 ވާ އާދިއްތަ ދުވަހު) ގަޑިން މެންދަމު 12:17 ގައި ހަނދު ކޮންޖަންކްޝަން އުފެދޭނެއެވެ. އެ ދުވަހުގެ އިރުއޮއްސޭއިރު ހަނދުގެ އުމުރުގައި ގާތްގަނޑަކަށް 18 ގަޑިއިރާއި 39 މިނެޓް ހުންނާނެ ކަމަށާއި، އިރުއޮއްސުމަށްފަހު 57 މިނެޓް ވަންދެން އުދަރެހުން ހަނދު ފެންނަން ހުންނާނެ ކަމަށްވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ޝާރްޖާ ސްޕޭސް އެންޑް އެސްޓްރޮނޮމީ ހަބްގެ ޑައިރެކްޓަރު ޕްރޮފެސަރ ޙާމިދު އެމް.ކޭ. އަލް ނައިމީ ވިދާޅުވީ، މި ސައިންޓިފިކް ހޯދުންތައް މިހާރު ޔޫ.އޭ.އީ ފަތުވާ ކައުންސިލާ ހިއްސާކޮށްފައިވާ ކަމަށެވެ. މީގެ ބޭނުމަކީ ހަނދު ބެލުމުގެ މަސައްކަތަށް އެހީތެރިވެދިނުމާއި، ސައިންޓިފިކް މަޢުލޫމާތާއި އިސްލާމީ ފިޤުހުގެ އަލީގައި ދީނީ ނިންމުންތައް ނިންމުމަށް މަގުފަހިކޮށްދިނުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، އެސް.އެސް.އޭ.އެޗް އިން ބަޔާންކޮށްފައިވަނީ މި މަޢުލޫމާތަކީ ހަމައެކަނި ސައިންޓިފިކް އަދި ފަލަކީ ބޭނުމަށްޓަކައި އެކުލަވާލާފައިވާ މަޢުލޫމާތުތަކެއް ކަމަށެވެ.
ހިޖުރީ މަސްތައް ފެށުމާއި ދީނީ މުނާސަބަތުތައް ކަނޑައެޅުމުގެ ރަސްމީ ބާރު އޮންނާނީ ދައުލަތުގެ ކަމާބެހޭ ދީނީ އިދާރާތަކަށް ކަމަށްވެސް އެ ސެންޓަރުން ހަނދާންކޮށްދީފައިވެއެވެ.
Ads by MACL
