ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އާސެނަލްއަށް ޕްރިމިއާ ލީގު ނުލިބޭނެ ކަމަށް ރޮނާލްޑޯ ބުނެފި

އާސެނަލްއަށް ޕްރިމިއާ ލީގު ނުލިބޭނެ ކަމަށް ރޮނާލްޑޯ ބުނެފި
އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ހޯދުމަށް އާސެނަލްއިން ކުރަމުންދާ އުންމީދުތަކަށް، ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ވަރުގަދަ ރައްދެއް ދީފިއެވެ. ދުބާއީގައި ބޭއްވި ކުއީންސްބެރީ ޕްރޮމޯޝަންސް އިވެންޓެއްގައި ވާހަކަދައްކަމުން ރޮނާލްޑޯ ވަނީ މި ސީޒަނުގެ ލީގު އާސެނަލްއަށް ކާމިޔާބު ނުކުރެވޭނެ ކަމަށް ބުނެފައެވެ.

ރޮނާލްޑޯ މިފަދައިން ބުނެފައިވަނީ ދުބާއީގައި ބޮކްސިން ޕްރޮމޯޓަރު އަދި އާސެނަލްގެ ސަޕޯޓަރެއް ކަމަށްވާ ފްރޭންކް ވޮރެންއާ އެކު ރޮނާލްޑޯ ވަގުތު ހޭދަކުރުުމުގެ ތެރެއިންނެވެ. އޭނާ ވަނީ ރޮނާލްޑޯ ޕްރިމިއާ ލީގުަގއި ކުޅު ދުވަސްރަުގެ މަތިން ހަނދާންކޮށް އަދިވެސް އެލީގުގައި ކުޅެން ބޭނުންވޭތޯ ރޮނާލްޑޯ ކުރެން ސުވާލުކޮށްފައެވެ. އަދި ވޮރެން ވަނީ އާސެނަލްއިން އަދިވެސް ރޮނާލްޑޯގެ އިންތިޒާރުގައި ރިބި ކަމަށް ބުނެފައެވެ. އެކަމަށް ރައްދުދީ ރޮނާލްޑޯ ބުނެފައިވަނީ އޭނާ އާސެނަލް އަށް ދާން ބޭނުން ނުވާކަމަށެވެ. އަދި އާސެނަލް އަށް މިފަހަރުގެ ޕްރިމިއާ ލީގު ކާމިޔާބު ނުވާނޭ ކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ.

"އާސެނަލް އަށް މިފަހަރު ލީގު ތަށި ނުލިބޭނެ" ރޮނާލްޑޯ ބުންޏެވެ. ރޮނާލްޑޯގެ މި ބުނުމަކީ މެންޗެސްޓާ ސިޓީން އާސެނަލް އަތުން ލީގު އަތުލާނެ ކަމަށް ކުރާ ތާއީދެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

ލީގުގެ ރޭސް ފޯރިގަދަވުން


ޕްރިމިއާ ލީގުގެ ތާވަލުގެ ކުރީގައި އާސެނަލްއަށް އޮތް ނުވަ ޕޮއިންޓުގެ ލީޑު މިހާރު ވަނީ ތިން ޕޮއިންޓަށް ކުޑަވެފައެވެ. މިއީ މިދިޔަ ހަފުތާ ބަންދުގައި މެންޗެސްޓާ ސިޓީން އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗު 2-1 އިން ކާމިޔާބުކޮށް، ފަރަގު ކުޑަކުރުމާ ގުޅިގެން އައި ބަދަލެކެވެ. މިކަމުގެ ސަބަބުން މިކޭލް އާޓެޓާގެ ޓީމަށް އޮތް ހަމަޖެހުން ގެއްލި، ލީގު ރޭސް މިހާރު ވަނީ ވަރަށް ފޯރިގަދަވެފައެވެ.

ލީގުގައި ބާކީ މަދު މެޗުތަކެއް އޮތްއިރު، ކޮންމެ ނަތީޖާއަކީވެސް ތަށި ހޯދުމަށް ނުހަނު މުހިންމު ނަތީޖާއެކެވެ. މިފަދަ ދަނޑިވަޅެއްގައި، ޕްރިމިއާ ލީގު ތިން ފަހަރު ކާމިޔާބުކޮށްފައިވާ ރޮނާލްޑޯގެ މި ބަހުގެ ހަމަލާ ސަޕޯޓަރުންގެ މެދުގައި ވަނީ ވަރަށް ބޮޑުވެފައެވެ. އޭނާއަކީ މެންޗެސްޓާ ޔުނައިޓެޑުގައި ހުރިއިރު އާސެނަލްއާ ދެކޮޅަށް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ.

ރޮނާލްޑޯގެ އާސެނަލް ރެކޯޑު


ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރުގައި އާސެނަލްއާ ދެކޮޅަށް ކުޅުނު ގިނަ މެޗުތަކެއްގައި މުހިންމު ލަނޑުތަކެއް ޖަހާފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 2008 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި އެމިރޭޓްސް ސްޓޭޑިއަމްގައި އޭނާ ޖެހި ލަނޑެވެ. އެ ލަނޑާއެކު ޔުނައިޓެޑް ފައިނަލަށް ދަތުރުކޮށް، އެ އަހަރުގެ ތަށި ކާމިޔާބުކުރިއެވެ.

އާސެނަލްއާ ދެކޮޅަށް ރޮނާލްޑޯ ދައްކާފައިވާ މޮޅު ކުޅުމުގެ ސަބަބުން، އޭނާ މިހާރު ޕްރިމިއާ ލީގުގައި ނެތުމަކީ އެ ކްލަބުގެ ސަޕޯޓަރުންނަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ. ނަމަވެސް، ދަނޑުމަތިން ބޭރުގައި އޭނާ ދިން މި ބަހުގެ ހަމަލާއިން އާސެނަލްގެ ސަޕޯޓަރުންގެ މެދުގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ.