އީރާނުން އެއްބަސްވުމަކަށް ނައިސްފިނަމަ މުޅި ގައުމު އެކުއެކީ ގޮއްވާލާނަން: ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
ޓްރަމްޕް ވިދާޅުވީ އީރާނުން އަވަސް މުއްދަތެއްގެ ތެރޭގައި މަޝްވަރާކޮށް އެއްބަސްވުމަކަށް ނައިސްފިނަމަ، އެ ގައުމު އެއްކޮށް ގޮއްވާލާނެ ކަމަށެވެ.
މި އިންޒާރާ ގުޅިގެން އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވަނީ ވަރަށް ސާބިތުކަމާއެކު ރައްދު ދެއްވާފައެވެ. އަރަގްޗީ ވިދާޅުވީ އަމިއްލަ ގައުމަށްޓަކައި މަރުވުމަކީ އޭނާއަށް ލިބޭނެ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، މަރަށް ކުޑަކޮށްވެސް ބިރުގަނެ ޖެހިލުން ނުވާ ކަމަށެވެ.
Ads by BMLއީރާނުގެ ފޮރިން މިނިސްޓަރު އިތުރަށް ވިދާޅުވީ، ބިރުދެއްކުމުގެ ސިޔާސަތަކީ އީރާނާ ދެކޮޅަށް މަސައްކަތް ކުރާނެ އުކުޅެއް ނޫން ކަމަށެވެ. ޓްރަމްޕްގެ މި ހަރުކަށި ބަސްމަގާ ގުޅިގެން ބައިނަލްއަގުވާމީ މައިދާނުގައި މަސްރަހު ވަނީ އިތުރަށް ހޫނުވެފައެވެ.
މި ހާދިސާއަކީ ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައި ހިނގާދިޔަ ކަމެކެވެ. ޓްރަމްޕްގެ އިންޒާރަށް އީރާނުން ދިން މި ރައްދަކީ އެ ގައުމުގެ ސާބިތުކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
Ads by MACL
