ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހޫތީ ހަނގުރާމަވެރިން އުތުރު އިސްރާއީލަށް މިސައިލް ހަމަލާއެއް ދީފި

ހޫތީ ހަނގުރާމަވެރިން އުތުރު އިސްރާއީލަށް މިސައިލް ހަމަލާއެއް ދީފި

މިއަދު ހެނދުނު އިސްރާއީލުގެ އުތުރުގައި ހުންނަ ހައިފާ ސިޓީ ކައިރިން ދެވުނު މިސައިލް ހަމަލާގެ ޒިންމާ ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ނަގައިފިއެވެ. އެ ޖަމާޢަތުން ބުނާ ގޮތުގައި މި ހަމަލާ އަމާޒުކޮށްފައިވަނީ އުތުރު އިސްރާއީލުގައި ހުރި ސިފައިންގެ މަރުކަޒަކަށެވެ.

ހޫތީ ހަނގުރާމަވެރިންގެ ސިފައިންގެ ރަސްމީ ތަރުޖަމާނު ޓެލެވިޜަނުން ދެއްކި ބަޔާނެއްގައި ވިދާޅުވެފައިވަނީ ހައިފާގެ ދެކުނު އިރުމަތީގައި ހުންނަ ރަމަތް ޑޭވިޑް އެއަރބޭސްއަށް ބެލިސްޓިކް މިސައިލެއް އަމާޒުކޮށް ދޫކޮށްލެވުނު ކަމަށެވެ.

https://twitter.com/TheArabEye0/status/1918192861977428431

އިސްރާއީލުގެ ދިފާޢީ ބާރުތަކުން ކުރިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ހައިފާ އާއި އެ ސަރަހައްދުގެ އެހެނިހެން ތަންތަނުގައި ގާތްގަނޑަކަށް ހެނދުނު 5:30 ގައި ދުޝްމަނުންގެ މަތިންދާބޯޓުތަކުގެ ސައިރަންތަކުގެ އަޑުއިވުނެވެ. އަދި ޔަމަނުން ދޫކޮށްލި މިސައިލް އިސްރާއީލުގެ މިސައިލް ދިފާޢީ ނިޒާމުން އިންޓަރސެޕްޓް ކުރެވުނު ކަމަށްވެސް އެ ފަރާތުން މައުލޫމާތު ދީފައިވެއެވެ.