މި އަހަރުގެ ވޯލްޑް ކަޕް ތަށި އުފުލާލާނީ ރޮނާލްޑޯ؛ އެ މަންޒަރު މިހާރުވެސް އެބަ ފެނޭ: ފީގޯ
މި އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގެ ތަށި އުފުލާލުމުގެ ނަސީބު ލިބޭނީ ޕޯޗުގަލް އަށް ކަމަށް ޕޯޗުގަލްގެ ފުޓްބޯޅަ ލެޖެންޑް ލުއިސް ފީގޯ ބުނެފިއެވެ.
ފީގޯ ގަބޫލުކުރާ މިފަހަރުގެ ތައްޓަކީ ޕޯޗުގަލްގެ ތައްޓެއް ކަމަށް މާކުރިން ވެސް އޮފީ ލިޔެކިޔުންތަކުގައި ލިޔެވިފަ އެވެ.
ޕޯޗުގަލްގެ ގައުމީ ޓީމުގެ ކެޕްޓަން ކަން ވެސް ކޮށްފައިވާ ފީގޯ ބުނީ، ކުޅިވަރުގެ ތާރީޚުގައި ފެންނާނެ އެންމެ ފުރިހަމަ ނިމުމަކީ މި އަހަރުގެ މުބާރާތް ޕޯޗުގަލްއިން ކާމިޔާބު ކުރުން ކަމަށެވެ. މިއީ އެ ގައުމުގެ ފުޓްބޯޅަ ދަތުރުގެ އެންމެ މުހިންމު މަރުހަލާގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައެވެ. އެ މުބާރާތް އަންނައިރު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ އުމުރަކީ 41 އަހަރެވެ.
ފީގޯ އުންމީދު ކުރަނީ އުމުރުން 41 އަހަރުގައި ރޮނާލްޑޯ އެމެރިކާގެ ފަސްގަނޑުގައި ވޯލްޑް ކަޕް ތަށި އުފުލާލާ މަންޒަރު ފެނިގެންދާނެ ކަމަށެވެ.
މިއީ ދުނިޔޭގެ ފުޓްބޯޅަ ތާރީޚުގައިވެސް ފެންނާނެ އެންމެ ކާމިޔާބު އަދި އަސަރުގަދަ ނިމުމަށް ވެގެންދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ފީގޯގެ މި ވާހަކަތަކާއެކު ޕޯޗުގަލްގެ ސަޕޯޓަރުންގެ އުންމީދުތައް ވަނީ އާވެފައެވެ.
Ads by MACL
