ޓެކްސީ ނަފާ ލޯނުގެ މައްސަލަތަކަށް އިންސާފުވެރި ޙައްލެއް ހޯއްދައިދޭނަން: ވަޒީރު ސައީދު
"ޓެކްސީ ނަފާ" ލޯނު ސްކީމުގެ ދަށުން ލޯނު ނަގާފައިވާ ފަރާތްތަކަށް ކުރިމަތިވެފައިވާ ތަކްލީފުތަކާއި ކަންބޮޑުވުންތައް އިންސާފުވެރިކަމާއެކު ބަލައި، އެކަންކަމަށް އޮތް އެންމެ އަވަސް ޙައްލެއް ހޯއްދަވައިދެއްވާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އެ ސްކީމާ ގުޅޭގޮތުން ހުރި ޝަކުވާތައް ހިމަނައި އާންމު ފަރާތަކުން ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުވި ސިޓީއަކަށް ދެއްވި ޖަވާބުގައެވެ.
އެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުން، ލޯނުގެ ދަށުން ގެނައި ކާރުތައް ރަޖިސްޓަރީ ކުރުމުގެ މަސައްކަތް ލަސްވުމުގެ ސަބަބުން ޓެކްސީގެ ޚިދުމަތް ނުފެށި، އާމްދަނީ ލިބޭނެ މަގެއް ނެތި ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިފަދަ ހާލަތެއްގައި އޮއްވައި، ލޯނު ދޫކުރި އިދާރާތަކުން ފައިސާ ދެއްކުމަށް ތަކުރާރުކޮށް ބާރުފޯރުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.
https://twitter.com/em_saeed/status/2047619685005558263?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2047619685005558263%7Ctwgr%5Eeb305045501da76d13f03f9b12a11b838fd81d27%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2Fem_saeed%2Fstatus%2F2047619685005558263މިކަމާ ގުޅިގެން ވަޒީރު ސަޢީދު ވިދާޅުވީ، ރައްޔިތުންގެ މިފަދަ ކަންބޮޑުވުންތަކަށް އިންސާފުވެރި މަގެއް ހޯދައިދިނުމަކީ ސަރުކާރުގެ އިސް ވާޖިބެއް ކަމަށެވެ. އަދި މި މައްސަލަ ވަގުތުން ބަލައިދިނުމަށް އެދި ޓްރާންސްޕޯޓް ދާއިރާގެ އިސް މަސްއޫލުވެރިންނަށް މިހާރު އަންގަވާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމާއި، ރައްޔިތުންގެ އަޑު އަހައިގެން ޤާނޫނީ އިމުގެ ތެރެއިން ކަންކަން ފަހިކޮށްދިނުމެވެ. އެހެންކަމުން، މި މައްސަލައިގައި ވެސް ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ކަންކަން ނިންމަވާނެ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
Ads by MACL
