ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސަމާލުވޭ! ރައީސްގެ ދަރިކަނބަލުން ޔާސްމީން ނަމުގައި ފޭކް މެސެޖުތަކެއް އިދިކޮޅު ފަރާތްތަކުން ދައުރުކުރަނީ!

ސަމާލުވޭ! ރައީސްގެ ދަރިކަނބަލުން ޔާސްމީން ނަމުގައި ފޭކް މެސެޖުތަކެއް އިދިކޮޅު ފަރާތްތަކުން ދައުރުކުރަނީ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަނބަލުން ޔާސްމިން މުޙައްމަދު މުޢިއްޒުގެ އިންސްޓަގްރާމް އެކައުންޓުން ކަމަށް ބުނެ، ރޭ ހައްޔަރުކުރެވުނު މުޒާހަރާކުރި މީހަކާ ގުޅޭގޮތުން މެސެޖެއް ފޮނުވާފައިވާކަމަށް ދައްކުވައިދޭ ފޭކު ސްކްރީންޝޮޓެއް މިވަގުތު ސޯޝަލް މީޑިއާގައި ދައުރުކުރަމުން އެބަ ގެންދެއެވެ.

މިކަމާއި ގުޅިގެން ރައީސްގެ ޢާއިލާގެ ވަކީލް ޢާއިޝަތު އާޒިމާ ޝުކޫރުވަނީ އެކްސް ޕޯސްޓެއް ވެސް ކުރައްވާފައެވެ.

އާޒިމާ ޝުކޫރު ވިދާޅުވީ، މިއީ ސައްޙަ ނޫން، ދޮގު މަޢުލޫމާތެއް ކަމަށާއި މިފަދަ ދޮގު މަޢުލޫމާތު ފެތުރުމުގައި ބައިވެރިވާ ފަރާތްތަކުން އެކަން ހުއްޓާލުމަށް ރައީސްގެ ޢާއިލާއިން އެދޭ ކަމަށެވެ. އަދި ރައްޔިތުންނަށް އޮޅުވާލައި މަގުފުރެއްދުމުގެ މަސައްކަތް ނުކުރުމަށްވެސް އާއިލާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން އާޒިމާ ވިދާޅުވީ މިފަދަ ދޮގު މަޢުލޫމާތު ފެތުރުމަކީ ޒިންމާދާރު ކަމެއް ނޫންކަމަށާއި، މުޖުތަމަޢުގެ ހަމަޖެހުމަށް ނޭދެވޭ އަސަރުކުރާނެ ކަމެއްކަންކަމަށާއި މަޢުލޫމާތު ޙިއްސާކުރުމުގައި އޭގެ ސައްޙަކަން ކަށަވަރުކުރުމަށްފަހު އެކަން ކުރުމަށް ރައްޔިތުންނަށް އިލްތިމާސްކުރާކަމަށެވެ.