ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަޖީދީ މަގުގައި މުޒާހަރާ ކުރުމަކީ ގާނޫނީގޮތުން މަނާކަމެއް، ހުއްޓުވާނަން: ފުލުހުން

ފުލުހުން
ފުލުހުން

ގާނޫނީ ގޮތުން މުޒާހަރާ ކުރުމަށް ސަރަހައްދުތަކެއް ކަނޑައަޅާފައިވާއިރު، އެނޫން ތަންނަށް އެއްވުމަކީ މަނާކަމެއް ކަމަށާއި އެކަމަށް ފުރުސަތު ނުދޭނަކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނިއިރު މީގެ ކުރިން މުޒާހަރާކުރުމަށް މުޅި މާލޭގައިވެސް އޮންނަނީ އެންމެ ތަނެކެވެ. އެތަންތަން ފިޔަވައި އެހެންތަންތަނަށް އެއްވުމާއި އިތުރު ސަރަހައްދުތަކެއް ވަނީ ކަނޑައަޅާފައެވެ. ފުލުހުން ބުނީ މިނޫން ތަންތަނަށް އެ އެއްވުމެއް ރޫޅާލާނެ ކަމަށެވެ.

ފުލުހުން މިހެން ވިދާޅުވެފައިވާއިރު، މިދިޔަ ހަފްތާ އިން ފެށިގެން ޒުވާނުން އަންނަނީ މަޖީދީ މަގުގައި ހުންނަ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގެ ކައިރިއަށް އެއްވެ، ސިލްސިލާ ގޮތެއްގައި މުޒާހަރާ ކުރަމުންނެވެ. އަދި، މުޒާހަރާގެ ބައިވެރިން މަޖީދީ މަގުގައި ހިނގާލުންވެސް ކުރިއަށް ގެންދެއެވެ.

ޒުވާނުންގެ އެއްވުމަށް އާއްމު އުސޫލަކުން މީގެ ކުރިން ފުލުހުން އެއްބާރުލުން ދެމުން އައިކަމުގައިވިޔަސް، ރޭ ވަނީ ފުލުހުންގެ އެންގުންތަކަށް ކިޔަމަން ނުވުމުން، ބާރުގެ ބޭނުންކޮށް، މުޒާހަރާގެ ބައެއް ބައިވެރިން ހައްޔަރުވެސްކޮށްފައެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ވިދާޅުވީ ޒުވާނުންގެ މުޒާހަރާގެ ސަބަބުން މަޖީދީ މަގު ބަންދުވެ، އާއްމު ދަތުރުފަތުރުގެ ނިޒާމަށާއި، މަގުގެ ބޭނުންކުރާ އާއްމުންނަށާއި، އިމަޖެންސީ ޚިދުމަތްތަކަށާއި ވިޔަފާރިތަކަށް އަދި ޖީސީއީ އޯލެވެލް ހަދަމުން އަންނަ ދަރިވަރުންނަށް ދަތިތަކާ ކުރިމަތިވަމުން އަންނަ ކަމުގައެވެ.