ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އާދަމް ޝަރީފާއި ތޯރިގު އަދި ދިޔާނާ އައްޔަންކުރައްވައިފި

އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކުރެއްވި ތިން ބޭފުޅުން ----
އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކުރެއްވި ތިން ބޭފުޅުން ----

ޚާރިޖީ ދާއިރާގެ މަތީ ފަންތީގެ މަގާމެއް ކަމަށްވާ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް، މި ސަރުކާރުގެ ކެބިނެޓްގައި ކުރިން ހިމެނިވަޑައިގެންނެވި ދެ ވަޒީރުން ކަމަށްވާ އާދަމް ޝަރީފް އުމަރާއި ތޯރިގު އިބްރާހީމްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު މިއަދު އައްޔަންކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީގެ ދަށުން މަސައްކަތް ކުރައްވާ ގޮތަށް އައްޔަންކުރެއްވި މި ތިން ބޭފުޅުންނަކީ ވެސް ދައުލަތުގެ މަތީ މަގާމުތަކެއް ކުރިން ފުރުއްވާފައިވާ، ތަޖުރިބާކާރު ބޭފުޅުންނެވެ. އޭގެ ތެރެއިން އާދަމް ޝަރީފް އުމަރާއި ތޯރިގު އިބްރާހީމަކީ މި ސަރުކާރުގެ ފުރަތަމަ ކެބިނެޓްގައި ހިމެނިވަޑައިގެންނެވި ދެ ވަޒީރުންނެވެ. މީގެ އިތުރުން ދިޔާނާ ސައީދަކީ މީގެ ކުރިން ރާއްޖޭގެ ބަންޑާރަ ނައިބުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

މި އައްޔަންކުރެއްވުންތަކާ ގުޅޭ އިތުރު ތަފްސީލުތައް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް، އެމްބެސެޑާ އެޓް ލާޖުގެ މަގާމަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ އިސް މަގާމެކެވެ.