ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ރަސްގެތީމު މީހަކު ގޭތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ

ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ރަސްގެތީމު މީހަކު ގޭތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ

ރ. ރަސްގެތީމުގައި އެކަނި ދިރިއުޅެމުންދިޔަ މީހެއްގެ ޚަބަރެއްނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްގެން ބެލިއިރު، އެމީހާ ދިރިއުޅޭ ގޭގެ ތެރޭގައި މަރުވެފައި އޮއްވާ ރޭ ފެނިއްޖެއެވެ.

މި ހާދިސާގައި މަރުވެފައިވަނީ އެ ރަށު ސޯސަންގެ، އުމުރުން 55 އަހަރުގެ އިބްރާހީމް ޔޫސުފްފުޅެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މިކަމުގެ މަޢުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ ރޭ 21:53 ހާއިރުއެވެ.

އިބްރާހީމް ޔޫސުފްފުޅުގެ ޚަބަރެއް ނުވާތާ ދެ ދުވަސް ވެފައިވާތީ، ފުލުހުން އެގެއަށް ވަދެ ބެލިއިރު އޭނާ މަރުވެފައި އޮތް ނަމަވެސް، ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައިވާކަން މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވިފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިހާރު ދަނީ މި މަރުގެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ތަހުގީގު ކުރަމުންނެވެ.