ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މައުލޫމާތު ފެތުރުމުގައި މިހާރަށްވުރެ ޒިންމާދާރުވާން ޖެހޭ: ވަޒީރު ރާފިއު

މިނިސްޓަރ ރާފިއު --- ފޮޓޯ: ރައީސް އޮފީސް
މިނިސްޓަރ ރާފިއު --- ފޮޓޯ: ރައީސް އޮފީސް

ކަންކަމުގެ ހަގީގަތް ހާމަކުރުމަކީ އެމީހަކު ބޭނުންވުމުން ކުރާ އިޚްތިޔާރީ ކަމެއް ނޫން ކަމަށާއި، މައުލޫމާތު ފެތުރުމުގައި މިހާރަށްވުރެ ޒިންމާދާރުވުމަށް މިނިސްޓަރ އަބްދުﷲ ރާފިއު ގޮވާލައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރާފިއު ވިދާޅުވީ، ކޮންމެ ކަމެއްގައިވެސް ޖަވާބުދާރީވުމާއި މައުލޫމާތުގެ ސައްހަކަމަކީ ނުހަނު ބޭނުންތެރި އަދި މުހިންމު ކަންކަން ކަމަށެވެ.

ދޮގާއި، މުޅިން ފުރިހަމަ ނޫން މައުލޫމާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ވާހަކަތަކަށްވުރެ މާ ރަނގަޅު، ތެދު މައުލޫމާތުތަކެއް ރައްޔިތުންނަށް ހައްގުވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރާފިއު ވިދާޅުވީ، ތެދުބަހުން ވާހަކަދެއްކުމާއި ހަގީގަތް ހާމަކުރުމަކީ ހަމައެކަނި ވަގުތީ ގޮތުން ފެންނަ "ޓްރެންޑެއް" ނޫން ކަމަށާއި، އެއީ އުފުލަންޖެހޭ ބޮޑު ޒިންމާއެއް ކަމަށެވެ.

https://twitter.com/AbdhullahRafiu/status/2049028502197084371?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2049028502197084371%7Ctwgr%5Ea00dcc73c6b2c17225601cb87e67be3bcff47396%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FAbdhullahRafiu%2Fstatus%2F2049028502197084371

މި މެސެޖާއެކު އޭނާ ވަނީ މައުލޫމާތު ރިޕޯޓްކުރުމުގައި މިހާރަށްވުރެ ހަރުދަނާވުމަށާއި، އާންމުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް އިލްތިމާސް ކުރައްވާފައެވެ.