އަބުރަކީ އިއްޒަތް ލިބިގެންވާ، ރައްކާތެރިކުރަން ޖެހޭ ފަރުދީ ކަރާމާތެއް، މީހެއްގެ އަބުރު ނަގާލުމަކީ ގާނޫނީ ކުށެއް: ނަރީޝް
އަބުރު ރައްކާތެރިކުރުމަކީ އިސްލާމީ އަދި ޤާނޫނީ އުސޫލުތަކުގެ ތެރެއިން ކޮންމެ މީހަކަށްމެ ލިބިގެންވާ އަސާސީ ހައްގެއް ކަމަށާއި، މީހެއްގެ އަބުރު ނަގާލުމަކީ ގާނޫނީ ކުށެއް ކަމުގައި އެޑްވައިޒާ ޓު ދަ މިނިސްޓާ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ނަރީޝް މިހެން ވިދާޅުވީ އަދަދު ނޫހުން ރައީސުލް ޖުމްހޫރިއްޔާއާއި ގުޅުވައި ދެއްކި ޑޮކިއުމަންޓްރީއާއި ގުޅިގެން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އެކަމާއި ދެކޮޅަށް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.
ނަރީޝް ވިދާޅުވީ މީހެއްގެ އަބުރު ނަގާލުމަކީ ޤާނޫނީ ކުށެއް، ކަމަށާއި އަދި އިސްލާމްދީނުގައި އެކަން މަނާކުރައްވާފައިވާ ކަމެއް ކަމަށެވެ.. މީގެތެރޭގައި އެހެން މީހުންގެ އަބުރާއި ޝަރަފަށް އުނިކަން އަންނަ ގޮތަށް ވާހަކަ ދެއްކުމާއި، ޒާތީ މައުލޫމާތު ފެތުރުން ހިމެނޭ ކަމަށެވެ.
Ads by BMLމީގެ އިތުރުން އަބުރު ނަގާލުމުގެ ނިޔަތުގައި، ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް، މީހެއްގެ އަބުރު ގެއްލޭ ފަދަ ޢަމަލުތައް ކުރުން ގާނޫނުން މަނާކުރާ ކަމަށެވެ.
އިސްލާމްދީނުގައި މީހުންގެ އަބުރާއި ޝަރަފު ރައްކާތެރިކުރުމަކީ މާތްވެގެންވާ ކަމެއް، އަދި އެއީ اللهُ سُبْحَانَهُ وَتَعَالَى ކަނޑައަޅުއްވާފައިވާ ހައްގެއް ކަމަށާއި، މީޑިއާގެ ޒިންމާއަކީ މުޖުތަމައު ފަސާދަނުކޮށް، އަބުރު ރައްކާތެރިކޮށް، މަޢުޞޫމް މީހުންގެ ކަރާމާތް ހިމާޔަތްކުރުން ކަމަށެވެ.
ތިމާގެ އަމިއްލަ އަބުރު ރައްކާތެރިކޮށްގެން މެނުވީ، އަނެކާގެ އަބުރު ރައްކާތެރި ނުކުރެވޭނެކަމަށާއި، އަބުރަކީ ޢިއްޒަތް ލިބިގެންވާ އަދި ރައްކާތެރިކުރަންޖެހޭ ފަރުދީ ކަރާމާތެއްގެ ގޮތުގައި އިސްލާމީ އަދި ދިވެހި ޤައުމީ ވިސްނުމުގައި ބަލާ ކަމެއް ކަމަށް ވެސް ނަރީޝް ވިދާޅުވިއެވެ.
އޮންލައިން ނޫސް އަދަދުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާމެދު ޤަޛުފުކުރި މީހަކު ދެއްކި ވާހަކަތަކެއް ގެނެސްދިން ވީޑިޔޯއަކާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ޖިނާއީ ތަހުގީގެއް ފެށުމާއެކު މިހާރު މީސްމީޑިއާގައި ބޮޑު ބަހުސެއް އަންނަަނީ ހިނގަމުންނެވެ.
Ads by MACL
