ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އައްޑޫ ހުޅުމީދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފި

އައްޑޫ ހުޅުމީދޫ ---
އައްޑޫ ހުޅުމީދޫ ---

އައްޑޫ ސިޓީ ހުޅުމީދޫ ގެއެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، މި ހާދިސާގެ ރިޕޯޓް ހުޅުމީދޫ ހެލްތު ސެންޓަރުގެ ފަރާތުން ފުލުހުންނަށް ލިބިފައިވަނީ މިއަދު (28 އޭޕްރީލް 2026) މެންދުރުފަހު 13:50 އެހައިކަންހާއިރުއެވެ.

މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، މި މާރާމާރީއަކީ މަސްތުވާތަކެތީގެ މުއާމަލާތަކާ ގުޅިގެން އުފެދުނު ދެބަސްވުމެއްގެ ތެރެއިން ހިނގާފައިވާ ކަމެއް ކަމަށް ބެލެވެއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް މިހާރު ދަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.