އެމެރިކާއިން އީރާނާއި ދެކޮޅަށް އަޅާފައިވާ ހުރަސްތައް 100 އިންސައްތަ ކާމިޔާބު: ޓްރަމްޕް
އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ އަދި ވިޔަފާރީގެ ހުރަސްތައް ނުވަތަ ބްލޮކޭޑަކީ 100 އިންސައްތަ ކާމިޔާބު ފިޔަވަޅެއް ކަމަށާއި، އީރާނުގެ ވިޔަފާރީގެ މުއާމަލާތްތައް މުޅިން ހުއްޓުވާލެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވުދާޅުވެއްޖެއެވެ. ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އީރާނު ވަނީ ދުނިޔޭގެ ބާޒާރުތަކުން އެކަހެރިވެފައި ކަމަށެވެ.
ނަމަވެސް، ޓްރަމްޕްގެ މި ވާހަކަތަކަށް އީރާނުން ވަނީ ވަގުތުން ރައްދުދީފައެވެ. އީރާނުން ފާހަގަކުރި ގޮތުގައި އެމެރިކާގެ ބްލޮކޭޑްގައި ބޮޑެތި ބާގަނޑުތަކެއް އެބަހުއްޓެވެ. މިގޮތުން، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ރަޝިޔާގެ މަހުޖަނަކަށް ނިސްބަތްވާ 500 މިލިއަން ޑޮލަރުގެ ސުޕަޔޮޓެއް، އެމެރިކާގެ ބްލޮކޭޑް އޮއްވައި ހުރްމުޒް ކަނޑުއޮޅިން ދަތުރުކޮށްފައިވާ ކަމަށް އީރާނުން ބުނެއެވެ.
މީގެ އިތުރުން އީރާނުން ހާމަކުރި ގޮތުގައި، ރަޝިޔާގެ ތެޔޮ ޓޭންކަރުތައްވެސް އެއްވެސް ހުރަހެއް ނެތި ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރަމުންދެއެވެ. މިއީ އެމެރިކާގެ ބްލޮކޭޑްގެ ނުފޫޒެއް ނެތްކަން ހާމަވާ ކަމެއްގެ ގޮތުގައި އީރާނުން ސިފަކުރެއެވެ.
Ads by BMLއީރާނުގެ އޮފިޝަލުން ވިދާޅުވީ "ރަޝިޔާގެ ތެޔޮ ޓޭންކަރުތައް ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަނީ ވަރަށް ފަސޭހަކަމާއެކު" ކަމަށެވެ. އަދި އީރާނަކީ އަމިއްލަ ނަފްސަށް އިތުބާރު އޮތް ސުޕަޕަވަރެއް ނުވަތަ ބޮޑު ބާރެއްގެ ގޮތުގައި ދެކޭ ގައުމެއް ކަމަށާއި، އެއްވެސް ފަރާތެއްގެ ބިރުދެއްކުންތަކަށް ފަސްނުޖެހޭނެ ކަމަށްވެސް އީރާނުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ބައިނަލްއަގުވާމީ މަސްރަހުގައި ބަހުގެ ހަމަލާތައް ވަނީ ގަދަވެފައެވެ. އެމެރިކާއިން ބްލޮކޭޑް ވަރުގަދަ ކަމަށް ބުނާއިރު، އަމަލީ ގޮތުން ކަނޑުގެ ސަރަހައްދުގައި ހިނގަމުންދާ ކަންކަމުން އެމެރިކާއިން ކުރާ ދައުވާތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.
Ads by MACL
