އަންހެން ކޮއްކޮ މަރުވިކަން ސާބިތުކޮށްދިނުމަށް، އޭނާގެ ކަށިތައް ކޮނެގެން ބޭންކަށް ގެންގޮސްފި
އިންޑިއާގައި މަރުވެފައިވާ އަންހެން ކޮއްކޮއެއްގެ އެކައުންޓުން ފައިސާ ނެގުމަށްޓަކައި، އޭނާ މަރުވެފައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން އެ ކޮއްކޮގެ ކަށިތައް ކޮނެގެން ބޭންކަށް ގެންގޮސްފިއެވެ.
ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މީހާ އޭނާގެ ކޮއްކޮގެ އެކައުންޓުގައި ހުރި ފައިސާ ނެގުމަށް މަސައްކަތް ކުރާތާ މިހާރު މަސްތަކެއް ވެއްޖެއެވެ. ނަމަވެސް ބޭންކުގެ މުވައްޒަފުން ތަކުރާރުކޮށް ބުނަމުން ދިޔައީ ފައިސާ ދޫކުރެވޭނީ އެކައުންޓްގެ ވެރިފަރާތް ބޭންކަށް ހާޒިރުވުމުން ކަމަށެވެ.
މި މީހާއަކީ ލިޔަންކިޔަން ނުދަންނަ މީހަކަށްވުމުން، މީހަކު މަރުވުމުން ދޫކުރާ މަރުގެ ސާޓިފިކެޓް ފަދަ ލިޔެކިޔުންތަކާ ބެހޭ އެއްވެސް މަޢުލޫމާތެއް އޭނާއަށް އެނގިފައެއް ނުވެއެވެ.
Ads by BMLއެހެންކަމުން، ބޭންކުން އެދޭ ގޮތަށް ކޮއްކޮ ހާޒިރުކުރުމަށްޓަކައި އޭނާ ނިންމީ ކޮއްކޮ ވަޅުލާފައިވާ ތަނުން ކަށިތައް ކޮނެގެން ބޭންކަށް ގެންދިއުމަށެވެ.
މި އާދަޔާޚިލާފު ހާދިސާއާ ގުޅިގެން ބޭންކުގެ މުވައްޒަފުންނާއި އާންމުންނަށް ބޮޑު ސިހުމެއް ލިބިފައިވާއިރު، މިއީ ބޭންކުން އެދުނު ކަންތައް އޭނާއަށް ކުރެވުނު އެންމެ ސީދާ ގޮތް ކަމަށް ބެލެވެއެވެ. މި ހާދިސާއިން ދޭހަވަނީ އިދާރީ މަރުހަލާތަކުގެ މަޢުލޫމާތު ނެތުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތަކެވެ.
Ads by MACL
