ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިންޑިއާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން އީރާނާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ފަށައިފި

އިންޑިއާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން އީރާނާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ފަށައިފި

އިންޑިއާ އާއި އީރާނުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމުގެ ނިޝާންތަކެއް ފެންނަން ފަށައިފިއެވެ. އިންޑިއާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން މިހާރު ދަނީ އީރާނާ ދެކޮޅަށް ރޭވުންތެރި އަދި ވަރުގަދަ ކެމްޕޭނެއް ހިންގަމުންނެވެ.

މި ކެމްޕޭނުގެ ތެރެއިން އިންޑިއާގެ ގިނަ އަދަދެއްގެ ބަޔަކު ދަނީ ފާޅުގައި އީރާނުގެ ސަރުކާރަށާއި ސިޔާސަތުތަކަށް ފާޑުކިޔަމުންނެވެ. މިއީ މީގެ ކުރިން ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ބަދަލެކެވެ.

މި ހަރަކާތް އިތުރަށް ވަރުގަދަވެގެން ދިޔައީ ޖަރުމަނުގެ އެކައުންޓަކުން ކުރި ޓުވީޓެއް އިންޑިއާގައި ވަރަށް ބޮޑަށް ވައިރަލްވުމާ ގުޅިގެންނެވެ. އެ ޓުވީޓުގައި އީރާނުގެ އެންމެ މަތީ ވެރިޔާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އަދި އެމެރިކާ އާއި އީރާނާ ދެމެދު ކުރެވުނު މަޝްވަރާތައް ނާކާމިޔާބުވުމުގެ ފުރިހަމަ ޒިންމާ އީރާނުން އުފުލަންޖެހޭނެ ކަމަށްވެސް އެ ޓުވީޓުގައި ބުނެފައިވެއެވެ.

އެމެރިކާ އާއި އީރާނުގެ މެދުގައި އޮތް ނުތަނަވަސްކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، އިންޑިއާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ދަނީ އެ ޓުވީޓު އެކި ޕްލެޓްފޯމްތަކުގައި ފަތުރައި، އީރާނާ ދެކޮޅު ޝުއޫރުތައް ފާޅުކުރަމުންނެވެ. މީގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ހާރިޖީ ގުޅުމަށް އަސަރުކޮށްފާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.