އެމްޑީޕީގެ ވޯޓުން ސަރުކާރުގެ ކާމިޔާބީ ހާމަވެއްޖެ: ޝިޔާމް
އެމްޑީޕީގެ ވޯޓުން ސަރުކާރުގެ ކާމިޔާބީ ހާމަވެއްޖެ ކަމަށް ފިޝަރީޒް މިނިސްޓަރު އަދި ސަރުކާރު ހިންގާ ޕާޓީގެ ނައިބު ރައީސް އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެ އެވެ.
ނިމިދިޔަ މަޖިލިސް ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމަށް ނެގި ވޯޓަށް އިޝާރާތް ކުރައްވައި ޝިޔާމް ވިދާޅުވީ، އެމްޑީޕީގެ 12 މެމްބަރުންގެ ތެރެއިން 10 މެމްބަރަކު މިނިސްޓަރު އިހުސާން "ރަނގަޅު" ކަމަށް ވޯޓު ދެއްވާފައިވާ ކަމަށެވެ. އެ ވޯޓުގައި އިހުސާންއަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވީ މީކާއީލް އަހުމަދު ނަސީމް އާއި ހުސައިން ޒިޔާދު (ފިއްޓޭ) އެކަނިކަން އޭނާ ފާހަގަކުރެއްވި އެވެ.
"ވިދާޅުވީ މިނިސްޓަރު އިހުސާން ވެސް ބަރާބަރޭ. މިނިސްޓަރު ޒަމީރު އަދި މާ ބަރާބަރޭ. ހުރިހާ ވަޒީރުން ވެސް ބަރާބަރޭ، ސަރުކާރު ވެސް ބަރާބަރޭ އެމްޑީޕީން ވެސް ވިދާޅުވީ،" ޝިޔާމް ވިދާޅުވި އެވެ.
Ads by BMLރުހުން ދިނުމަށް ފަހު އެމްޑީޕީގެ ބައެއް މެމްބަރުން މާފަށް އެދުމުން އެކަމަށް ފާޑުވިދާޅުވަމުން ޝިޔާމް ވިދާޅުވީ، ގާނޫނާ އެއްގޮތަށް އަމަލުކުރުމުން މެމްބަރުން "ކުޑަކަކޫ" ޖައްސުވައި މާފަށް އެދެން މަޖުބޫރު ކުރުވުމަކީ ޑިމޮކްރެޓިކް ސިފައެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ޕީއެންސީގެ މެމްބަރުން ވެސް ބޭނުންވާ ގޮތަށް ވޯޓު ދޭ ކަމަށާއި، ނަމަވެސް އެކަމަކާ ގުޅިގެން މާފަށް އެދެން ނުޖެހޭ ކަމަށެވެ.
ޝިޔާމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ ސަރުކާރުގައި ހިޔާލުފާޅުކުރުމާއި މުޒާހަރާ ކުރުމަށް އެޅި ހުރަސްތަކާ އަޅާބަލާއިރު، މިހާރު ރާއްޖޭގައި އޮތީ ތަހުޒީބު މުޖުތަމައުތަކަށް ވުރެ ވެސް ފުޅާ މިނިވަންކަމެކެވެ. ސިޔާސީ ހަރަކާތްތަކަށް މި ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
މީގެ އިތުރުން، ކެންދޫ ދާއިރާގެ ބައި-އިލެކްޝަނުން އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަށް އަލިއަޅުވާލައްވައި ޝިޔާމް ވިދާޅުވީ، މިއީ އެ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުގެ މަސައްކަތްތަކާ މެދު ރައްޔިތުން ދިން މެސެޖެއް ކަމަށެވެ.
އެމްޑީޕީގެ "ގްރީން ލިސްޓް" ގައި ބައެއް ވަޒީރުން ނުހިމެނި ނަމަވެސް، މެމްބަރުންނަށް މިނިވަންކަމާއެކު ވޯޓު ދިނުމުގެ ފުރުސަތު އޮތްކަން ވެސް މި ހަބަރުގައި ފާހަގަކޮށްފައިވެ އެވެ.
Ads by MACL
