ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯއަކަށް ލައްމާން!

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯއަކަށް ލައްމާން!

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑެޕިއުޓީ ސީއީއޯ ނުވަތަ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމަށް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ކުރީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަމްޢާން މިއަދު އައްޔަނުކޮށްފިއެވެ.

ލަމްޢާން މި މަގާމަށް އައްޔަނު ކުރައްވާފައިވަނީ، އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމުގައި ކުރިން ހުންނެވި ހ. އާހަމަ، އިބްރާހިމް ޒިޔަތު އެ މަގާމުން ވަކިކުރުމަށްފަހުގައެވެ.

މި އައްޔަނުކުރުމުގެ ކުރިން ލަމްޢާން ހުންނެވީ އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމުގައެވެ. ނަމަވެސް، އެމްޕީއެލްގެ އައު މަގާމާ ހަވާލުވެވަޑައިގަތުމަށްޓަކައި އޭނާ ވަނީ އިއްޔެގެ ވަގުތެއްގައި އެމްއޭސީއެލްގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ކުންފުނިތަކުގެ އިސް މަގާމުތަކުގެ ތަޖުރިބާ ހުރި ލަމްޢާން ވަނީ މީގެ ކުރިން، ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަހުކޮޅު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަން ވެސް ކުރައްވާފައެވެ.