އެންމެ ދިގު ޕްރެސް ކޮންފަރެންސްއާއި އެކު ރައީސް ޑރ މުއިއްޒު ދުނިޔޭގެ ރެކޯޑް މުގުރާލައިފި
ދުނިޔޭގެ މިހާތަނަށް ބޭއްވި އެންމެ ދިގު ޕްރެސް ކޮންފަރެންސްއާއި އެކު ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރެކޯޑް މުގުރާލައިފިއެވެ.
މިއަދު ހެނދުނު 10 ޖެހިއިރުން ފެށިގެން ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ނޫސްވެރިންނާއިއެކު ޕްރެސް ދެއްވަމުންނެވެ.
އެންމެ ފުރަތަމަ ކޮންމެ ނޫސްވެރިޔަކަށް 1 ސުވާލު ކުރުމަށް ފުރުސަތު ދެއްވުމަށްފަހު އެ ސުވާލުތަކަށް ޖަވާބު ދިނުމާއިއެކު ދެންފެނިގެން ދިޔައީ ކޮންމެ ނޫސްވެރިޔަކަށް ވެސް އެބޭފުޅުން ބޭނުންވަރަކަށް ސުވާލު ކުރަން ހުޅުވާލިތަނެވެ.
Ads by BMLމިހާތަނަށް ދުނިޔޭގެ އެންމެ ދިގު ޕްރެސްއެއް ބާއްވާފައިވަނީ ޔޫކްރެއިންގެ ރައީސް ޒެލެންސްކީއެވެ. ނިއުޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ޕްރެސްއަށް ހޭދަވީ 14 ގަޑިއިރެވެ.

ރައީސް ދެއްވަމުންދާ ޕްރެސް އަށް މިވަގުތައް 12 ގަޑިއިރު ފަހަނައަޅައި ދިޔައީއެވެ. މިއީ މިހާތަނަށް ރެކޯޑް ކުރެވިފައިވާ އެންމެ ދިގު ޕްރެސް އެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް އެންމެ ދިގު ޕްރެސްއަށް ހޭދަވީ ދެގަޑިއިރެވެ.
މީގެ އިތުރުންވެސް އިތުރު ރައީސުން ދެއްވާފައިވާ ޕްރެސްތައް 2 ގަޑިއިރަށްވުރެ ގިނަވެފައިވާ ކަމަށް ދުނިޔޭގެ މީޑިއާތަކުން ވެސް ރިޕޯޓުކޮށްފައިނުވެއެވެ.
Ads by MACL
