ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މެދުނުކެނޑި 13 ގަޑިއިރު ޕްރެސް ކޮންފަރެންސްގައި، ރައީސްއަށް ތައުރީފާއިއެކު ޝުކުރު!

މެދުނުކެނޑި 13 ގަޑިއިރު ޕްރެސް ކޮންފަރެންސްގައި، ރައީސްއަށް ތައުރީފާއިއެކު ޝުކުރު!

ރައީސް ޑރ މުހައްމަދު މުއިއްޒު މެދުކެނޑުމެއްނެތި 13 ގަޑި އިރު ޕްރެސް ކޮންފަރެންސް ދެމުންއެބަގެންދަވައެވެ.

މިއަދު ހެނދުނު 10 ޖެހިއިރުން ފެށިގެން ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ނޫސްވެރިންނާއިއެކު ޕްރެސް ދެއްވަމުންނެވެ.

އެންމެ ފުރަތަމަ ކޮންމެ ނޫސްވެރިޔަކަށް 1 ސުވާލު ކުރުމަށް ފުރުސަތު ދެއްވުމަށްފަހު އެ ސުވާލުތަކަށް ޖަވާބު ދިނުމާއިއެކު ދެންފެނިގެން ދިޔައީ ކޮންމެ ނޫސްވެރިޔަކަށް ވެސް އެބޭފުޅުން ބޭނުންވަރަކަށް ސުވާލު ކުރަން ހުޅުވާލިތަނެވެ.

މިހާތަނަށް ދުނިޔޭގެ އެންމެ ދިގު ޕްރެސްއެއް ބާއްވާފައިވަނީ ޔޫކްރެއިންގެ ރައީސް ޒެލެންސްކީއެވެ. ނިއުޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ޕްރެސްއަށް ހޭދަވީ 12 ގަޑިއިރެވެ.

12 ޖަހަން ކައިރިވެފައިވާ އިރުވެސް ޕްރެސް ކޮންފަރެންސް ކުރިއަށް އެބަދެއެވެ.

މިކަމާއި ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން މުޅި ސޯޝަލް މީޑިއާގައި ރައީސް ތައުރީފާއި ޝުކުރު ދަންނަވަމުން އެބަގެންދަވައެވެ.

މިއީ މިހާތަނަށް ރެކޯޑް ކުރެވިފައިވާ އެންމެ ދިގު ޕްރެސް އެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް އެންމެ ދިގު ޕްރެސްއަށް ހޭދަވީ ދެގަޑިއިރެވެ.

މީގެ އިތުރުންވެސް އިތުރު ރައީސުން ދެއްވާފައިވާ ޕްރެސްތައް 2 ގަޑިއިރަށްވުރެ ގިނަވެފައިވާ ކަމަށް ދުނިޔޭގެ މީޑިއާތަކުން ވެސް ރިޕޯޓުކޮށްފައިނުވެއެވެ.