ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވި ފޯމަކީ ބާތިލު އެއްޗެއް ކަމަށް ބެލެވެން ފަށައިފި
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވުމަށް ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ފޯމަކީ، އުފެދުމުގައިވެސް ބާތިލު އެއްޗެއް ކަމަށް ބެލެވޭނެ ޖާގަ އެބައޮތް ކަމަށް ބެލެވެންފަށައިފިއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރެވޭނެ ޝަރުތުތަކާ ގުޅޭގޮތުން މީގެ ކުރިން ފާސްކޮށްފައިވާ ގަރާރަކާ ގުޅިގެންނެވެ. އެގޮތުން، އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ވާދަކުރެވޭނީ އެ މީހަކީ ޕާޓީގެ އާންމު މެންބަރަކަށްވިތާ އެއް އަހަރު ދުވަސް ވެފައިވާ މީހަކަށް ވާންޖެހޭނެ ކަމަށް ބުނެ 2019 ވަނަ އަހަރު ގަރާރެއް ފާސްކޮށްފައިވެއެވެ.

"އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ވާދަކުރެވޭނީ އާންމު މެންބަރަކަށްވާތާ އެއް އަހަރު ދުވަސް ފަހުން ކަމަށް ބުނެ 2019 ގައު ގަރާރެއް ފާސްކޮށްފައި އެބައޮތް،" އެމްޑީޕީގެ ގިނަ އަދަދެއްގެ ބަޔަކު ދަނީ ބުންމުންނެވެ.
Ads by BMLމި ގަރާރުގައިވާ ގޮތުން، ޕާޓީގެ މެންބަރުކަމާ އަލުން ގުޅޭ ފަރާތްތަކަށް ނުވަތަ މެންބަރުކަމުގެ މުއްދަތު ހަމަނުވާ ފަރާތްތަކަށް އިންތިހާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ހަނިވެގެންދެއެވެ. އެހެންކަމުން، ރައީސް ނަޝީދުގެ ފޯމު ހުށަހެޅުއްވި އިރު މި ޝަރުތު ހަމަވޭތޯ މިހާރު ވަނީ ސުވާލު އުފެދިފައެވެ.
މި މައްސަލައާއި ގުޅިގެން އެމްޑީޕީގެ ތެރޭގައި ބޮޑެތި ބަހުސްތަކެއް ހިނގަނުން އަންނައިރު، އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބުރާހިމް ވަހީދު (އިބުރޭ) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިންތިޚާބަށް ކުރިމަތިލާ މީހެއްގެ ހުންނަންވާ ޝަރުތުތައް އިންތިޚާބަށް ކުރާ އިއުލާނުގައި އެނގެން އޮންނަންޖެހޭނޭ ކަމަށެވެ. އަދި ވޭތުވެދިޔަ ތަނުގައި އެމްޑީޕީގެ ގައުމީ މަޖިލީޙުން ވަރަށް ހިނަ ޤަރާރުތައް ފާސްކޮށް އަދި ވަރަށް ގިނަ ޤަރާރިތައް ބާތިލްކޮށްފައިވެސް ވާނޭ ކަަމަށެވެ.
އެހެން ކަމުން މެޗު ކުޅެން އަރައި ގަވައިދު ބަދަލުކޮށްގެން މެޗުން މޮޅުވެވޭނެ ކަމަށް ވިސްނުން ގޯސްކަމަށެވެ.
Ads by MACL
