ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މީޑިޔާ ކޮމިޝަނާއި އީސީ، ގާނޫނީ ޒިންމާ އަދާކޮށް ހަމައިސްކޮޅަށް ތެދުވާން ޖެހޭ: މުޙައްމަދު އިސްމާއީލް

މީޑިޔާ ކޮމިޝަނާއި އީސީ، ގާނޫނީ ޒިންމާ އަދާކޮށް ހަމައިސްކޮޅަށް ތެދުވާން ޖެހޭ: މުޙައްމަދު އިސްމާއީލް

ރާއްޖޭގެ މީޑިޔާތަކާއި ސިޔާސީ ޕާޓީތަކުން އަމަލުކުރަމުންދާ ނުރަނގަޅު ގޮތްތަކާމެދު ފިޔަވަޅު އެޅުމަށްޓަކައި، މީޑިޔާ ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނުން (އީސީ) އެ މުއައްސަސާތަކުގެ ގާނޫނީ ޒިންމާ އަދާކޮށް ހަމައިސްކޮޅަށް ތެދުވާން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މުޙައްމަދު އިސްމާއީލް މިފަދައިން ވިދާޅުވީ، މާލޭގައި އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ މުޒާހަރާތަކުގައި އަހުލާގީ މިންގަނޑުން ބޭރުން ބަސްމަގު ބޭނުންކުރުމާއި، ރައީސުލްޖުމްހޫރިއްޔާގެ ޒާތުފުޅަށް އަމާޒުކޮށް ބައެއް މީޑިޔާތަކުން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ބުނެ 'އެކްސް' ގައި ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި، ބައެއް ސިޔާސީ ލީޑަރުންގެ އަމިއްލަ "އަންބޮނޑި" ބޮޑުކުރުމަށްޓަކައި މީޑިޔާތަކާއި މީސްމީޑިޔާ އެކްޓިވިސްޓުން ބޭނުންކޮށްގެން ދަނީ ބުހުތާނު ދޮގުތައް ފަތުރަމުންނެވެ.

https://twitter.com/MPMohdIsmail/status/2050719497850646739?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2050719497850646739%7Ctwgr%5E1b392fd9323027623f7f2ee78818aff080de1439%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FMPMohdIsmail%2Fstatus%2F2050719497850646739

މީގެ އިތުރުން މުޙައްމަދު ވިދާޅުވީ، މާލޭގެ މަގުތަކުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި ދޮގު އިލްޒާމްތައް އަޅުވަމުންދާއިރު، ކަމާބެހޭ މުއައްސަސާތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރަންޖެހޭ ކަމަށެވެ.

މި މައްސަލަތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އެމްޑީޕީއާއި ޕީއެންއެފްއަށް ވަކިވަކިން ސިޓީ ފޮނުވައި، އިޖުތިމާއީ އަދި އަހުލާގީ މިންގަނޑުތަކަށް ސަމާލުވުމަށް އަންގާފައެވެ. އަދި ޕީއެންއެފްގެ ހަރަކާތްތައް ލައިވްނުކުރުމަށް މީޑިޔާ ކޮމިޝަނުން ޗެނަލް-13 އަށް އަންގާފައިވާއިރު، 'އަދަދު' ނޫހުން ފެތުރި ކޮންޓެންޓަކާ ގުޅިގެން ފުލުހުން ޖިނާއީ ތަހުގީގެއް ފަށައި، މީޑިޔާ ކޮމިޝަނުންވެސް އެ މައްސަލަ ބަލަމުންދާކަން މުޙައްމަދު ފާހަގަކުރެއްވިއެވެ.