15 ގަޑިއިރުގެ ޕްރެސް ރައީސް ނިންމަވާލައްވައިފި، ނޫސްވެރިންގެ ސުވާލު ހުސްވަންދެން ކުރިއަށް ގެންދެވި!
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސް ކޮންފަރެންސް 15 ގަޑިއިރު ފަހުން ނިންމަވާލައްވައިފިއެވެ.
މިއަދު ހެނދުނު 10 ޖެހިއިރުން ފެށިގެން ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ނޫސްވެރިންނާއިއެކު ޕްރެސް ދެއްވަމުންނެވެ.
މިއީ މިހާތަނަށް ދުނިޔޭގެ ހުރިހާ ގައުމަކުން ރެކޯޑް ކުރެވިފައިވާ އެންމެ ދިގު ޕްރެސްއެވެ.
Ads by BMLއެންމެ ފުރަތަމަ ކޮންމެ ނޫސްވެރިޔަކަށް 1 ސުވާލު ކުރުމަށް ފުރުސަތު ދެއްވުމަށްފަހު އެ ސުވާލުތަކަށް ޖަވާބު ދިނުމާއިއެކު ދެންފެނިގެން ދިޔައީ ކޮންމެ ނޫސްވެރިޔަކަށް ވެސް އެބޭފުޅުން ބޭނުންވަރަކަށް ސުވާލު ކުރަން ހުޅުވާލިތަނެވެ.
މިހާތަނަށް ދުނިޔޭގެ އެންމެ ދިގު ޕްރެސްއެއް ބާއްވާފައިވަނީ ޔޫކްރެއިންގެ ރައީސް ޒެލެންސްކީއެވެ. ނިއުޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ޕްރެސްއަށް ހޭދަވީ 14 ގަޑިއިރެވެ.
މި ނޫސް ކޮންފަރެންސާއިއެކު ރައީސް ޑރ މުއިއްޒަށް ގިނަ ބަޔަކު ދަނީ ތައުރީފް ކުރައްވަމުންނެވެ. މިއީ މިހާތަނަށް ރާއްޖޭގެ އެއްވެސް ރައީސަކު އަދި ދުނިޔޭގެ ރައީސަކު ވެސް ކޮށްފައިވާ ކަމެއް ނޫނެވެ.
ނޫސްވެރިންގެ ސުވާލު ހުސްވަންދެން ޕްރެސް ކުރިއަށް ދާނެކަމަށް މައުލޫމާތު ވަނީލިބިފައެވެ.
މި ނޫސް ކޮންފަރެންސްގައި ރައީސްވަނީ ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ގިނަ މައްސަލަތަކެއްގެ ހައްލު ކިޔައިދީފައެވެ.
ބޯހިޔާވަހިކަމުގެ އެތައް މައްސަލައެއް ހައްލުކުރައްވާނެ އެތަށް ގޮތްތަކެއްވަނީ ކިޔައި ދެއްވާފައެވެ. އަދި ވަރަށް ޕާސަނަލް ސުވާލުތަކަށްވެސް ރައީސް ވަނީ ސީދާ ޖަވާބުދެއްވާފައެވެ.
Ads by MACL
