ޓްރަމްޕްގެ އިންޒާރެއް އިރާނަށް: ބުނާގޮތް ހަދައިގެން ބަސްއަހައިގެން ތިބޭ، ނޫނީ އަލުން ހަމަލަދޭން ޖެހިދާނެ!
އީރާނުން ހުށަހެޅުޮ ސުލްހައިގެ އެއްބަސްވުން ލިބިފައިވާ ކަމަށާއި ނަމަވެސް އީރާނުން ގޮތްދޠނުކޮށް ގޯސްހަދައިނަމަ އަލުން އެ ގައުމަށް ހަމަލާދޭން ޖެހެިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ފްލޮރިޑާގެ ވެސްޓް ޕާމް ބީޗުން ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެއްބަސްވުމުގެ ތަފްސީލީ ލިޔުންތައް ލިބުމުގެ އިންތިޒާރުގައި ހުންނެވި ކަމަށެވެ.
އީރާނުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ގައުމުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ހޯމުޒް ކަނޑުއޮޅި ހުޅުވާލުމާއި އެމެރިކާއިން އީރާނަށް ކުރިމަތިކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނިމުމަކަށް ގެނައުން ހިމެނެއެވެ. ނަމަވެސް އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް ފަސްކުރުމަށް ވަނީ ހުށަހަޅާފައެވެ. މި ހުށަހެޅުންތަކާ ގުޅޭގޮތުން ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވީ، އެ ހުށަހެޅުންތައް ބަލައިގަނެވޭނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށާއި، އީރާނުން ކުރި ކަންތައްތަކަށް އެކަށީގެންވާ އަދަބެއް އަދި ލިބިފައިނުވާ ކަމަށެވެ.
Ads by BMLއަލުން ހަމަލާތައް ފަށާފާނެތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ ހަމަލަދޭނަމޭ ބުނާކަށް ބޭނުމެއް ނޫން ކަމަށާއި ނޫސްވެރިއަކަށް އެކަހަލަ ވާހަކައެއް ނުދެއްކޭނެ ކަމަށެވެ.
އަދި އެމީހުން ގޮތްދޠޫނުކޮށް ގޯސްކޮށް އަމަލުކޮށްފިނަމަ، ނުވަތަ ނުބައި ކަމެއް ކޮށްފިނަމަ، އެކަން ފެންނާނެކަމަށާއި އެއީ ހަމަ ވެދާނެ ކަމެއް ކަމަށެވެ. މީގެ އިތުރުން އީރާނަށް ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރު ނުއުފެއްދޭނެ ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވިއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ އެމެރިކާއިން ގެންގުޅޭ ސިޔާސަތު ބަދަލުކޮށްފިނަމަ ޑިޕްލޮމެޓިކް މަޝްވަރާތަކަށް ތެހެރާން އޮތީ ތައްޔާރަށް ކަމަށެވެ. އީރާނުން ހުށަހަޅާފައިވާ 14 ނުކުތާގެ ތެރޭގައި އެމެރިކާ ސިފައިން އެ ސަރަހައްދުން ފޭބުމާއި، ހިފަހައްޓާފައިވާ ފައިސާ ދޫކޮށްލުމާއި، އަދި ލުބުނާން ހިމެނޭހެން ހުރިހާ ފްރަންޓެއްގައި ހަނގުރާމަ ހުއްޓާލުން ހިމެނެއެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދިޔަ ހަމަލާތައް މީގެ ހަތަރު ހަފްތާ ކުރިން މެދުކަނޑާލާފައިވީ ނަމަވެސް، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް ވަނީ އަރާފައެވެ.
ހޯމުޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ދުނިޔޭގެ ތެލާއި ގޭހުގެ 20 އިންސައްތަ ސަޕްލައިއަށް ވަނީ ހުރަސް އެޅިފައެވެ. މީގެ ސަބަބުން އެމެރިކާގައި ތެލުގެ އަގު އުފުލި، ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ވޯޓުލާ މީހުންގެ ނުރުހުން ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް އަމާޒުވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
Ads by MACL
