ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސްގެ ޕްރެސް، އިދިކޮޅު ފަރާތްތަކަށް މި ކަންވެސް ގޯސްވެއްޖެ!

ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު
ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

ރާއްޖޭގެ ތާރީހުގައި ރައީސަކު ދެއްވި އެންމެ ދިގު ޕްރެސް ރޭގަ ނިންމާލިއިރު ނޫސްވެރިންގެ ހުރިހާ ސުވާލަކަށް ވަނީ ޖަވާބު ދެއްވާފައެވެ.

އިއްޔެ ހެނދުނު 10 ޖެހި ޕްރެސް ނިންމާލާފައިވަނީ ރޭ މެންދަމު 1 ޖަހަން އުޅެނިކޮށެވެ. މިއީ މިހާތަނަށް ދުނިޔޭގެ ރެކޯޑްތަކުން ދައްކާ އެންމެ ދިގު ނިއުސް ކޮންފަރެންސްއެވެ.

ނޫސްވެރިންގެ ސުވާލު ހުސްވަންދެން ރޭގަ ރައީސް ދިޔައީ ޖަވާބު ދެއްވަމުންނެވެ. ހާއްސަކޮށް ސަރުކާރާއި ދެކޮޅު ހަބަރު ފަތުރާ މީޑިއާ ތަކުން ރައީސްއާއި ގިނަ ސުވާލު ކުރިމަތި ކުރުވިއެވެ. އެހެން ނަމަވެސް އެ ސުވާލުތަކަށްވެސް ވަރަށް ފުރިހަމައަށް ރައީސް ޖަވާބހލު ދެއްވިތަން ފެނިގެން ދިޔައެވެ.

މިކަމާއި ގުޅިގެން ރާއްޖޭ ގިނަ ރައްޔިތުން ރައީސްއަށް ތައުރީފް ކުރައްވަމުން ގެންދަވާއިރު، އިދިކޮޅު އެމްޑީޕީގެ އިސްފަރާތްތަކަށް މިއީ ރަނގަޅުކަމަށް ނުވެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަކްރަމް ކަމާލުއްދީން އެކްސްގައި ކުރެއްވި ޕޯސްޓެއްވައި ވިދާޅުވީ ރަސްމީ ބަންދު ދުވަހެއްގައި މުވައްޒަފުން އާއިލާއާއިއެކު ހޭދަކުރާނެ ވަގުތެއް ނުދީ ހޭދަކުރުމަކީ ރަނގަޅު ލީޑަރުން ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ބައްޕައަކު ކޮށްގެންވާނެ ކަމެއްނޫން ކަމަށްވެސް އަކްރަމް ބުނެފައިވެއެވެ.

ރޭގެ ނިއުސް ކޮންފަރެންސްއަށް ފަހު ގިނަ ނޫސްވެރިންވެސް ވަނީ ރައީސްގެ ހިތްވަރަށް ތައުރީފްކޮށްފައެވެ. ސުވާލު ހުސްވަންދެން ޕްރެސް ކުރިއަށް ގެންދިއުން އެއީ ފަސޭހަކަމެއް ނޫންކަން ނޫސްވެރިން ފާހަގަ ކުރިއެވެ.

މި ނޫސް ކޮންފަރެންސްގައި ރައީސްވަނީ ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ގިނަ މައްސަލަތަކެއްގެ ހައްލު ކިޔައިދީފައެވެ.

ބޯހިޔާވަހިކަމުގެ އެތައް މައްސަލައެއް ހައްލުކުރައްވާނެ އެތަށް ގޮތްތަކެއްވަނީ ކިޔައި ދެއްވާފައެވެ. އަދި ވަރަށް ޕާސަނަލް ސުވާލުތަކަށްވެސް ރައީސް ވަނީ ސީދާ ޖަވާބުދެއްވާފައެވެ.