ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މޫސުން: ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލާފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް ވައިޓް އެލާޓް!

ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތީ ފެން ބޮޑުވެފައި: ފޮޓޯ/ ސަން
ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތީ ފެން ބޮޑުވެފައި: ފޮޓޯ/ ސަން

ބޯކޮށް ވާރޭވެހި ގުރުރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން މިއަދު ނެރުނު އިންޒާރުގައި ބުނީ ނ އަތޮޅުން ފެށިގެން ތ އަތޮޅާއި ދެމެދުގެ ރައްތަކަށް ބޯކޮށް ވާރޭ ވެހި ގުރުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މި އިންޒާު ނެރެފައިވަނީ މިއަދު ހެނދުނު 7:30 އިން ފެށިގެން މެންދުރު 13:00 އާއި ހަމައަށެވެ.

މެޓް އޮތީހުން ވަނީ ރޭ ފަތިހު ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ވެސް ވައިޓް އެލާޓް ނެރެފައެވެ. އެގޮތުން މި އެލާޓުގައިވާ ގޮތުން ބޯކޮށް ވާރޭވެހި ގުރުރާނެއެވެ. އަދި ވިލާގަނޑުފައި ގަޑިއަކު 35 ފަސްމޭލަށް ވައިފަދަވާނެ އެވެ. މި އެލާޓު ނެރެފައިވަނީ ފަތިހު 5:00 އިން ފެށިގެން ހެނދުނު 10:00 އާއި ހަމައަށެވެ.

އެ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 4 މަހުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އާންމުކޮށް ވާރޭވެހޭ ވަރަށްވުރެ، ވާރޭވެހޭ މިންވަރު އިތުރުވުމުގެ ފުރުސަތު ބޮޑުވާނެއެވެ.

މެޓް އޮފީހުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވާރޭވެހޭ މިންވަރު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އެ މަސްތަކުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެވެސް ފިނިހޫނުމިން އާންމުކޮށް ހުންނަ މިންވަރަށްވުރެ މަތިވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ހޫނު ގަދަ ދުވަސްތަކަކަށްފަހު، ނިމުނު ހަފްތާއެއްހާ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވަނީ މޫސުން ގޯސްވެ ވިއްސާރަކުރަން ފަށާފައެވެ.

އެގޮތުން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ވިއްސާރަ ކުރުމުގެ ސަބަބުން މޫސުމާބެހޭ ޤައުމީ އިދާރާއިން އަންނަނީ، އެ ސަރަހައްދުތަކަށް ސަމާލުވެސް ނެރެމުންނެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް އެ އިދާރާއިން އިލްތިމާސް ކުރައްވައެވެ.