ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފުލުހުންގެ އިމަޖެންސީ ނަންބަރުތަކަށް މައްސަލަޖެހި، ވަގުތީ ނަންބަރެއް ތައާރަފްކޮށްފި

ފުލުހުންގެ އިމަޖެންސީ ނަންބަރުތަކަށް މައްސަލަޖެހި، ވަގުތީ ނަންބަރެއް ތައާރަފްކޮށްފި

މޯލްޑިވްސް ޕޮލިސް ސާވިސްގެ އިމަޖެންސީ ނަންބަރުތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހިދުމަތްތައް މެދުކެނޑުމާ ގުޅިގެން، ކުއްލި ހާލަތްތަކުގައި ގުޅުމަށް ވަގުތީ ނަންބަރެއް ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، މައި އިމަޖެންސީ ލައިން 911 ގެ އިތުރުން، ހޮޓްލައިން ނަންބަރުތައް ކަމުގައިވާ 3322111 އަދި 3322112 އަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ނަންބަރުތަކުން ހިދުމަތް ދިނުމަށް މިވަގުތު ވަނީ ބުރޫއަރާފައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ފުލުހުންގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ވަގުތީ ގޮތުން 9888999 އަށް ގުޅުމަށް އެ މުއައްސަސާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ، މިހާރު ދިމާވެފައިވާ ޓެކްނިކަލް މައްސަލަ ހައްލުކޮށް، ވީ އެންމެ އަވަހަކަށް ހިދުމަތްތައް އާންމު ހާލަތަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެ މުއައްސަސާއިން ކުރަމުންދާ ކަމަށެވެ.