ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މޯލްޑިވިއަންގެ ފްލައިޓްތަކުގައި ބަނގުރާ ސާރވްކުރާ ވާހަކަ އެ ކުންފުނިން ދޮގުކޮށްފި

މޯލްޑިވިއަންގެ ފްލައިޓްތަކުގައި ބަނގުރާ ސާރވްކުރާ ވާހަކަ އެ ކުންފުނިން ދޮގުކޮށްފި

ގައުމީ އެއަރލައިން، މޯލްޑިވިއަންގެ ފްލައިޓްތަކުގައި ފަސިންޖަރުންނަށް ބަނގުރާ (އަލްކޮހޯލް) ސާރވްކުރަން ފަށަން ރާވާފައިވާ ކަމަށް ބުނެ މީސް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތެއް ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.

މިކަމާ ގުޅިގެން މިއަދު (4 މެއި 2026) އާންމުކުރި މަޢުލޫމާތުގައި ބުނެފައިވަނީ، މޯލްޑިވިއަންގެ ފްލައިޓްތަކުގައި ބަނގުރާ ދޭން އުޅޭ ކަމަށް ދައުރުވަމުންދާ ޚަބަރުތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި މިފަދަ ޞައްޙަކަން ކަށަވަރު ނުކުރެވޭ މަޢުލޫމާތުތައް ހިއްސާ ނުކުރުމަށް ހުރިހާ ފަރާތްތަކަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

މޯލްޑިވިއަން އިން މިކަން ދޮގުކޮށްފައި މިވަނީ، ރާއްޖޭގެ ވައިގެ ދަތުރުފަތުރާއި އޭވިއޭޝަން ދާއިރާގެ އެކި ޚަބަރުތަކަށް އާންމުންގެ ސަމާލުކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެއަރލައިންތަކުގެ މާލީ ހާލަތާއި، ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ އިތުރުން ދަތުރުފަތުރުގެ ދާއިރާއަށް އަންނަ ކުރިއެރުންތައް ގިނަ ބަޔަކު ދަނީ ގާތުން ބަލަމުންނެވެ.

މޯލްޑިވިއަންއިން ހާމަކޮށްފައިވާގޮތުގައި، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ޤައުމީ މިންގަނޑުތަކާއި އުޞޫލުތަކުގެ ތެރެއިން ފަސިންޖަރުންނަށް ޚިދުމަތް ދިނުމަށެވެ.