ނަޝީދުގެ ކެމްޕޭން ތަރުޖަމާނަކަށް ވައްޑޭ ހަމަޖައްސަވައިފި
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭން ތަރުޖަމާނަކަށް، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުﷲ ވަޙީދު (ވައްޑޭ) ހަމަޖައްސަވައިފިއެވެ.
މިކަން އިޢުލާން ކުރައްވާފައިވަނީ އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައެވެ. ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ކެމްޕޭން ތަރުޖަމާނުގެ ގޮތުގައި މަސައްކަތް ކުރައްވާނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ދިއްދޫ ދާއިރާގެ ރައީސްކަންވެސް މިހާރު ކުރައްވަމުން ގެންދަވާ ޢަބްދުﷲ ވަޙީދު ކަމަށެވެ.
https://twitter.com/MohamedNasheed/status/2051307606346694706?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2051307606346694706%7Ctwgr%5E3c3268d680ed4a4529daf6ac999a7e312b05ff21%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FMohamedNasheed%2Fstatus%2F2051307606346694706އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު، ޖޫން 12 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބަށް ކެންޑިޑޭޓުން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން ކެމްޕޭން ޓީމުތައް އެކުލަވާލުމާއި، ރަށްރަށަށް ކުރާ ދަތުރުތައްވެސް މިހާރު ވަނީ އިތުރުވެފައެވެ.
ކެމްޕޭން ތަރުޖަމާނަކަށް ހަމަޖެއްސެވި ޢަބްދުﷲ ވަޙީދަކީ ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، އަދި އެމްޑީޕީގެ ތެރޭގައި ނުފޫޒުގަދަ ބޭފުޅެކެވެ.
Ads by MACL
