ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީރާނުން ޔޫއޭއީއަށް އަނެއްކާވެސް ހަމަލާދީފި

އީރާނުން ޔޫއޭއީއަށް އަނެއްކާވެސް ހަމަލާދީފި

އީރާނުން ފޮނުވާލި ޑްރޯންތަކެއް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ފުޖައިރާ ޕެޓްރޯލިއަމް އިންޑަސްޓްރީ ޒޯނަށް އަރައި، ބޮޑެތި ގެއްލުންތަކެއް ވެއްޖެ ކަމަށް (ޔޫއޭއީ) ގެ ޑިފެންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީގެ ފަރާތްތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާ އަމާޒުވެފައިވަނީ ފުޖައިރާގައި ހުންނަ ތެލުގެ ސިނާއީ ސަރަހައްދަށް ކަމަށެވެ. މިއީ ފަހަކަށް އައިސް އީރާނުން އެ ގައުމަށް ދިން މިފަދަ ނުރައްކާތެރި އެއް ހަމަލާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

"އީރާނުގެ ޑްރޯންތަކެއް ފުޖައިރާ ޕެޓްރޯލިއަމް އިންޑަސްޓްރީ ޒޯނަށް ވަނީ އަރާފައި،" ޔޫއޭއީން ނެރުނު ރަސްމީ ބަޔާނުގައި ބުނެފައިވެއެވެ.

މި ހަމަލާއާ ގުޅިގެން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން މިހާރު ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން އީރާނުން ފޮނުވާލި މިސައިލްތަކާއި ޑްރޯންތަކާ ދެކޮޅަށް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އެއާ ޑިފެންސް ސިސްޓަމުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެއެވެ.

ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން އެކްސްގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގައުމުގެ އެކި ސަރަހައްދުތަކަށް އިވެމުންދާ އަޑުތަކަކީ އީރާނުން ފޮނުވާލި ބެލިސްޓިކް މިސައިލާއި، ކްރޫޒް މިސައިލް އަދި ޑްރޯންތައް ހުއްޓުވުމަށް ޔޫއޭއީގެ އެއާ ޑިފެންސް ސިސްޓަމުން ދެމުންދާ ހަމަލާތަކުގެ އަޑުތައް ކަމަށެވެ.

މި ހަމަލާގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލީ މައުލޫމާތު އަދި މުޅިން ސާފެއް ނުވެއެވެ. ނަމަވެސް، މި ހާދިސާއާ ގުޅިގެން ސަރަހައްދީ މަސްރަހު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.