އީރާނުން އަމާންދީ ހުދު ދިދަ ނަގަން ޓްރަމްޕް ގޮވާލައްވައިފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުން ހުދު ދިދަ އުފުލައި، ރަސްމީކޮށް އަމާންދިނުމަށް ގޮވާލައްވައިފިއެވެ. ރައީސް ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ ދެގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
ޓްރަމްޕްގެ މި ވާހަކަފުޅާ ގުޅިގެން އީރާނުގެ ސްޕީމް ލީޑަރު މުޖްތަބާ ޚާމަނާއީ ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ "އެމެރިކާއިން އީރާނުގެ ޝަރުތުތަކަށް އެއްބަސްނުވާހާ ހިނދަކު، އީރާނުން ދުލެއް ނުދޭނެ" ކަމަށާއި އަދި އަމާން ނުދޭނެ ކަމަށެވެ.
މި މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރެވެމުންދާއިރު، އީރާނުން ދެކޭގޮތުގައި އެމެރިކާއިން އެގައުމުގެ މައްޗަށް ކުރާ ޑިމާންޑްތަކަށް އިޖާބަދެވޭނީ އެމެރިކާއިން އީރާނުގެ ހުށަހެޅުންތަކަށް އިހުތިރާމް ކުރުމުންނެވެ. ނަމަވެސް ރައީސް ޓްރަމްޕް ބާރުއަޅުއްވަމުން ގެންދަވަނީ އީރާނުން އެއްކޮށް ދޫދީ އަމާންދިނުމަށެވެ.
Ads by BML
Ads by MACL
