ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުޅުމާލެއިން ގެއްލިގެން ހޯދި އަންހެން ކުއްޖާ ފެނިއްޖެ، ހާލު ރަނގަޅު

ހުޅުމާލެއިން ގެއްލިގެން ހޯދި އަންހެން ކުއްޖާ ފެނިއްޖެ، ހާލު ރަނގަޅު

ހުޅުމާލެ ފޭސް 2 އިން ގެއްލިގެން ހޯދަމުން ދިޔަ 15 އަހަރުގެ އަންހެން ކުއްޖާ، ސަލާމަތްތެރިކަމާއެކު ފެނިފައިވާ ކަމަށް ފުލުހުން ކަށަވަރުކޮށްދީފިއެވެ.

ފުލުހުން ބުނީ، މާލެއަށް ނިސްބަތްވާ ޢާއިޝަތު އަލްޔާ ޢަލީ ފެނުނުއިރު އޭނާގެ ސިއްހީ ހާލަތު ރަނގަޅު ކަމަށެވެ.

އަލްޔާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހެޅީ އިއްޔެ ދަންވަރުގެ ވަގުތެއްގައެވެ. ހުޅުމާލެ ހިޔާ ފްލެޓްގެ 16 ވަނަ ޓަވަރުގައި ދިރިއުޅޭ މި ކުއްޖާ ގެއިން ނުކުމެގެން ގޮސްފައިވަނީ އިއްޔެ ހަވީރު 4:15 ހާއިރުއެވެ.

ކުއްޖާ ހޯދުމުގެ މަސައްކަތުގައި އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިފައިވާއިރު، މި ފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.