ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީރާނާއި އެމެރިކާއިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާ ގާތަށް

އީރާނާއި އެމެރިކާއިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާ ގާތަށް

އީރާނާއި އެމެރިކާއާ ދެމެދު އޮތް ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ހާލަތު ނިމުމަކަށް ގެނައުމަށްޓަކައި އެއް ސަފުހާގެ ފަހުމުނާމާއެއްގައި ސޮއިކުރުމާ ގާތަށް ދެ ގައުމުން ގޮސްފައިވާ ކަމަށް އެކްސިއޯސް ނޫހުން ރިޕޯޓްކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ ހުއްޓާލުމަށްފަހު، ދާއިމީ އެއްބަސްވުމަކަށް ވާސިލްވުމަށްޓަކައި 30 ދުވަހުގެ މަޝްވަރާތަކެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގައި ހިމެނޭ މައިގަނޑު ކަންތައްތަކުގެ ތެރޭގައި، އީރާނުން ކުރިއަށްގެންދާ ނިއުކްލިއާ މުއްސަނދިކުރުމުގެ މަސައްކަތް ކުރިއަށް އޮތް 12 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ހުއްޓާލުން ހިމެނެއެވެ.

މީގެ އިތުރުން، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށާއި، ބޭރުގެ ބޭންކުތަކުގައި ހިފަހައްޓާފައިވާ އީރާނުގެ 11 ޓްރިލިއަން އަށް ވުރެ ގިނަ ޑޮލަރު ދޫކޮށްލުމަށް މި އެއްބަސްވުމުގައި ވަނީ ހިމަނާފައެވެ.

މި އެއްބަސްވުމުގެ ސަބަބުން ސަރަހައްދީ މަސްލަހަތަށް އަންނާނެ އެންމެ ބޮޑު އެއް ބަދަލަކީ، ހޮރްމޫޒް ކަނޑުއޮޅި ސަރަހައްދުގައި ދެ ގައުމުން ކުރިއަށްގެންދާ ބްލޮކޭޑް ނުވަތަ މަގު ބަންދުކުރުންތައް ހުއްޓާލުމެވެ. މިއީ ބައިނަލްއަގުވާމީ ވިޔަފާރިއާއި ތެލުގެ ބާޒާރަށް ލިބިގެންދާނެ ބޮޑު ލުޔެއް ކަމަށް ބެލެވެއެވެ.