ފީއަލީ އަލިފާނުގެ ހާދިސާގައި ފިހުނު ބިދޭސީ މީހާ ނިޔާވެއްޖެ
ފ. ފީއަލީ ފަޅުތެރޭގައި އޮތް ތެޔޮ ދޯންޏެއްގައި ރޯވެ ހިނގި ނުރައްކާތެރި ހާދިސާގައި ހަށިގަނޑުގެ ބޮޑު ބައެއް ފިހިގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންދިޔަ ބަންގްލަދޭޝް މީހާ ނިޔާވެއްޖެއެވެ.
މިދިޔަ މަހުގެ 9 ވަނަ ދުވަހު ހިނގި މި ހާދިސާގައި އަނިޔާވި އުމުރުން 40 އަހަރުގެ ޑެލޯވާ ނިޔާވީ، ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން ދަނިކޮށް މި މަހުގެ 4 ވަނަ ދުވަހުއެވެ.
ހަށިގަނޑުގެ 60 އިންސައްތަ ފިހުނު ޑެލޯވާގެ ހަށިގަނޑު އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ތެޔޮ ދޯނީގެ ޕަމްޕު ސްޓާޓްކުރަން އުޅުމުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެއެވެ.
Ads by BMLތިން ގަޑިއިރަށް ދެމިގެންދިޔަ މި އަލިފާނުގެ ހާދިސާގައި ތެޔޮ ދޯނީގެ އިތުރުން ފާނަ މަސްވެރިކަން ކުރާ ދެ ދޯންޏަކާއި، އަލަށް ބަނދެފައިވާ ފައިބަރު ދޯންޏަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އަދި ރަށުގެ އައިސްޕްލާންޓް ވެސް ވަނީ މި ހާދިސާގައި އެއްކޮށް އަނދާފައެވެ.
Ads by MACL
