ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ބީއެމްއެލް އިން ހާއްސަ ހަދިޔާއެއް ދެނީ

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ބީއެމްއެލް އިން ހާއްސަ ހަދިޔާއެއް ދެނީ

ކުޑަކުދިންގެ ދުވަސް ކައިރިވަމުން އަންނާތީ، އެ ދުވަހުގެ އުފަލުގައި ބައިވެރިވުމުގެ ގޮތުން ކުޑަކުދިންނަށް ހާއްސަ "ޓްރީޓެއް" ނުވަތަ ހަދިޔާއެއް ދިނުމަށް ތައްޔާރުވަމުންދާކަން ބީއެމްއެލް އިން ހާމަކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން އެ ބޭންކުން ސޯޝަލް މީޑިއާގައި އާންމުކުރި އިޝްތިހާރެއްގައި ބުނެފައިވަނީ، ކުޑަކުދިންގެ ދުވަހަށް ހާއްސަކޮށްގެން ކުޑަކުދިންނަށް ސަޕްރައިޒެއް ރާވާފައިވާ ކަމަށެވެ. ނަމަވެސް މި ހަދިޔާއާ ބެހޭ އިތުރު ތަފްސީލެއް އެ ބޭންކުން އަދި ހާމައެއް ނުކުރެއެވެ.

ބޭންކުން ބުނި ގޮތުގައި މި ހަދިޔާއާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ވަގުތުތަކުގައި އާންމުކުރާނެއެވެ. އެހެންކަމުން ބޭންކުގެ މީޑިއާ ޕްލެޓްފޯމްތަކަށް ސަމާލުކަން ދިނުމަށް އެ ބޭންކުން ވަނީ އެދިފައެވެ.

ކޮންމެ އަހަރަކުވެސް ކުޑަކުދިންގެ ދުވަހާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ތަފާތު ހަރަކާތްތައް ހިންގައި ކުޑަކުދިންނަށް އެކި ކަހަލަ ހަދިޔާތައް ފޯރުކޮށްދެމުންނެވެ.