އަލްފަންސޯ ޑޭވީސް އަށް ވެސް އަނިޔާވެއްޖެ، ވޯލްޑް ކަޕަށް ފިޓް ނުވެދާނެ!
ބަޔާން މިއުނިކަށް ކުޅޭ ކެނެޑާގެ ކެޕްޓަން އަލްފަންސޯ ޑޭވީސް އަށް އަނިޔާވެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފިޓްވާނެކަމާމެދު ސުވާލު އުފެދިއްޖެ އެވެ.
އޭނާ އަށް އަނިޔާވީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށް އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުގައިއެވެ. މި އަނިޔާގެ ސަބަބުން މުބާރާތުގެ ފުރަތަމަ މެޗުގައި ޖޫން 12 ވަނަ ދުވަހު ބޮސްނިއާއާ ދެކޮޅަށް އޭނާ އަށް ކުޅެވޭނެ ކަމަށް ލަފާކުރަން ވަނީ ދަތިވެފަ އެވެ.
އަ؛ް ފޮންސޯގެ ކުލަބު ބަޔާނުން ބުނީ އޭނާގެ ހާލަތު ވަރަށް ގާތުން ބަލަމުންދާކަމަށާއި ކުލަބުގެ މެޑިކަލް ޓީމާ ގުޅިގެން އޭނާގެ ފަރުވާ އަވަސް ކުރުމަށް މިދަނީ ހުރިހާ މަސައްކަތެއް ކުރަމުންކަމަށެވެ.
Ads by BMLކެނެޑާގެ ގައުމީ ޓީމުން ނެރުނު ބަޔާނުގައި ބުނީ އަލްފަންސޯ އަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދީގެން މަސައްކަތް ކުރާނީ އޭނާ އަވަހަށް ފަސޭހަ ކުރަންކަމަށެވެ. ބަޔާންއާ ހިލާފަށް ކެނެޑާއިން ބުނީ ޓެސްޓްތަކުގެ ނަތިޖާ ދައްކާ ގޮތުން އަލްފަންސޯ ޑެވީސްގެ ފަޔަށް ތަދުވީ ސޮފްޓް ޓިޝޫތައް ހަލާކުވެގެން ކަމަށެވެ.
އަލްފަންސޯ ޑޭވީސް އަށް ވަނީ މި ސީޒަނުގައި އަނިޔާގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފަ އެވެ. އޭނާ އަށް ބުންޑަސް ލީގާއި ފެށުނީ ވެސް އެންމެ ހަ މެޗުގަ އެވެ.
Ads by MACL
