ނޭވާހިއްލުމަށްދޭ ފަރުވާއާއެކު ދުޅަހެޔޮ ޞިއްޙަތަކަށް މަސައްކަތްކުރަން ޖެހޭ: ފަސްޓް ލޭޑީ
ނޭވާހިއްލުންފަދަ ނޭވާލާ ނިޒާމުގެ ބަލިތަކަށްދެވޭ ކުއްލި ފަރުވާއިން، ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ކުރެވޭ މަސައްކަތްފުޅާކޮށް ހަރުދަނާކުރުމަށް ރާއްޖޭގެ ސިއްޙީ ނިޒާމުގެ މިސްރާބު ބަދަލުކުރުމަށް މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
ނޭވާ ހިއްލުމަކީ ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް އާންމުވެފައިވާ ނޭވާލާ ނިޒާމުގެ ބައްޔެއްކަން އެކަމަނާވަނީ ފާހަގަކުރައްވާފައެވެ.
ވޯލްޑް އެސްތުމާ ޑޭ ނުވަތަ ނޭވާ ހިއްލުމާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމާ ގުޅޭ ދުވަހާއި ގުޅިގެން އައިޖީއެމްއެޗްގައިވަނީ ސިމްޕޯޒިއަމްއެއް ބާއްވާފައެވެ. މިސިމްޕޯޒިއަމް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
Ads by BMLރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައިވަނީ ގިނަ ބަޔަކަށް އާންމު އަދި އާދައިގެ ކަމެއްގެ ގޮތުގައި ނޭވާލުން ވެފައިވީނަމަވެސް ބައެއް ފަރާތްތަކަށް އެއީ ތަކުލީފުބޮޑު ނުރައްކާތެރި ކަމެއްކަން ފާހަގަކުރައްވާފައެވެ. ނޭވާލާ ހިއްލުމާއި ނޭވާލުމުގެ ނިޒާމާއި ގުޅުންހުރި ގިނަ ބަލިތަކަށް މަގުފަހިކުރުވާ އެއް ސަބަބަކީ، ވެށީގެ ތަޣައްޔަރުވުންކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ފަރުވާ ފުޅާވަމުންދާއިރު އަދިވެސް މިދާއިރާއިން ކުރަންޖެހޭ މުހިއްމުކަންކަން ހުރިކަން ފާހަގަކުރެއްވިއެވެ.
"މުޖުތަމަޢުގެ ކޮންމެ ކުއްޖަކީ ހުވަފެންދެކުމުގެ ޙައްގު އޮންނަ އަދި އެހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރުމުގެ ފުރުސަތު އޮތް ކުއްޖެއްކަން ކަށަވަރުކުރަންޖެހޭ. ނޭވާ ހިއްލުމާއި ގުޅޭގޮތުން މުޖުތަމަޢުދެކޭ ގޮތް ބަދަލުކޮށް، އޯގާތެރި ނަޒަރަކުން ބަލާ، އިންހޭލާ ބޭނުންކުރުމަކީ މައްސަލައެއް ނޫންކަން އޭގެ ބޭނުން ހިފަންޖެހޭ ކުދިންނާއި މީހުންނަށް ވިސްނައިދޭންވެސް ޖެހޭ." ސާޖިދާ ވިދާޅުވިއެވެ.
އެހެންކަމުން، އިންހޭލާ ބޭނުންކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލައި، ބައްޔާ މެދު އާންމުން ހޭލުންތެރިކުރުވުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ސިއްޙީ ދާއިރާގެ ބޭފުޅުން ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެ އިތުރުން ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ކުރަންޖެހޭ މުހިއްމު މަސައްކަތްތަކެއް ހުރިކަންވެސް ވަނީ ފާހަގަކޮށްފައެވެ.
Ads by MACL
