ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޣައްޒާ ކޮންޓްރޯލް ކުރަން އެމެރިކާއާއި އިޒްރޭލުގެ ފައުޖުތަކަށް ޔޫއޭއީން 100 މިލިއަން ޑޮލަރުގެ ފަންޑެއް!

ޣައްޒާ ކޮންޓްރޯލް ކުރަން އެމެރިކާއާއި އިޒްރޭލުގެ ފައުޖުތަކަށް ޔޫއޭއީން 100 މިލިއަން ޑޮލަރުގެ ފަންޑެއް!

އިސްރާއީލާއި އެމެރިކާގެ ތާއީދާއެކު، ހަނގުރާމައަށްފަހު ޣައްޒާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އުފައްދާ އާ ފުލުހުންގެ ފައުޖަކަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ފަންޑު ދީފައިވާ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

މި މަޝްރޫއުގެ ދަށުން ޔޫއޭއީ އިން ގާތްގަނޑަކަށް 100 މިލިއަން އެމެރިކާ ޑޮލަރު ދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މި ފައިސާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ހަނގުރާމައަށްފަހު ޣައްޒާގައި ސަލާމަތީ އާ އޮނިގަނޑެއް ގާއިމުކުރުމަށާއި، އެ ސަރަހައްދު ކޮންޓްރޯލް ކުރާނެ ފައުޖެއް ބިނާކުރުމަށެވެ.

މި ރިޕޯޓްތަކުގައިވާ ގޮތުން، މި އާ ފުލުހުންގެ ފައުޖަކީ އެމެރިކާ އާއި އިސްރާއީލުގެ ފުރިހަމަ ބައިވެރިވުމާއި ތާއީދާއެކު އެކުލަވާލެވޭ ބާރެކެވެ. މީގެ މައިގަނޑު ބޭނުމަކީ ހަނގުރާމަ ނިމުމަށްފަހު ޣައްޒާގެ ދާޚިލީ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އާ ނިޒާމެއް ތައާރަފްކުރުމެވެ.

މި މަޝްރޫއަކީ ހަނގުރާމައަށްފަހު ޣައްޒާގެ މުސްތަގުބަލާ މެދު ކުރެވޭ މަޝްވަރާތަކުގެ ތެރެއިން އައިސްފައިވާ ކަމެއް ކަމަށް ބެލެވޭއިރު، މިއީ ސަރަހައްދީ ގައުމުތަކާއި ބައިނަލްއަގުވާމީ ބާރުތައް ގުޅިގެން ޣައްޒާގެ ކޮންޓްރޯލް ހޯދުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.