ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުން ބިލިއަނެއްހާ ފީފާ ތެޔޮ މަދުވެދާނެ ކަމުގެ އިންޒާރު ދީފި
ސައުދީ އަރަބިއްޔާގެ ގައުމީ ތެޔޮ ކުންފުނި، ސައުދީ އަރަމްކޯއިން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުރައްކާތެރި އިންޒާރެއް ދީފިއެވެ.
އެ ކުންފުނިން ހާމަކުރި ގޮތުގައި އީރާނާއެކު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުން އެއް ބިލިއަން ފީފާ ތެލުގެ ދަތިކަމެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.
މި މައްސަލަ ހައްލުނުވެ ދިގުލައިގެންދާ ކޮންމެ ދުވަހަކީ އެމެރިކާއަށް ކުރިމަތިވާނެ ފިއްތުންތައް އިތުރުވެގެންދާނެ ކަމެއް ކަމަށްވެސް އަރަމްކޯއިން ފާހަގަކުރެއެވެ. މީގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލި، އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ.
Ads by BMLއަރަމްކޯއިން އިތުރަށް ބުނެފައިވަނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ ދަތިކަން ބޮޑުވަމުންދާ ވަރަކަށް، މި މައްސަލައިގައި އީރާނުގެ ބާރު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ. މިއީ މުޅި ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށް އޮތް ބޮޑު ބިރެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
މި ހާލަތުގެ ސަބަބުން ތެޔޮ އިމްޕޯޓްކުރާ ގައުމުތަކަށް ބޮޑެތި ތަކްލީފުތަކެއް އުފުލަން ޖެހިފައިވާއިރު، މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަނީ މިއީ ފަހުގެ ތާރީޚެއްގައި ތެލުގެ ބާޒާރަށް ކުރިމަތިވާނެ އެންމެ ބޮޑު ލޮޅުން ކަމަށެވެ.
Ads by MACL
