ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގައުމީ ބޮޑު މަޝްރޫއެއް، ޕްރޮޖެކްޓްގެ ޖުމްލައަގު 8.8 ބިލިއަން ޑޮލަރު

ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ޑރ މުހައްމަދު މުއިއްޒު
ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ޑރ މުހައްމަދު މުއިއްޒު

8.8 ބިލިއަން ޑޮލަރުގެ ބިޔަބޮޑު މަޝްރޫއެއްގައި ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއިއެކު ސޮއި ކޮށްފިއެވެ.

ކުރުނބާ މޯލްޑިވްސް ރިސޯޓުގައި މިރޭ ބޭއްވި ހަފްލާއެއްގައި މިކަމާ ގުޅޭ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ޔޫއޭއީގައި ގާއިމްކޮށްފައިވާ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ޗެއާމަން މަރުވާން އަލްހާޖެރީއެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި ޝޭހް ނާއިފް ބިން އީދު އަލް ތާނީ އާއި ޔޫއޭއީ، ސައުދީ އަރަބިއްޔާ އަދި ބައެއް އެހެން ގައުމުތަކުގެ ގިނަ ވިޔަފާރިވެރިންތަކެއް ވެސް މި މަޝްރޫއުގައި ބައިވެރިވެވަޑައިގަންނަވާކަން ހާމަކުރައްވައި ރައީސް ޑރ.މުހައްމަދު މުއިއްޒަށް އެ ބޭފުޅުންގެ ސިޓީ އަރުވާފައިވެއެވެ.


އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއަކީ ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ޝޭހް ނާއިފް ބިން އީދު އަލް ތާނީގެ ކުންފުންޏެކެވެ.


އެމްއައިއެފްސީގައި ހަރަކާތްތެރިވާ ކުންފުނިތަކުން ޓެކްސް ދައްކަން ނުޖެހޭއިރު، އެ ތަނުގައި އަހަރުގެ ވަކި މުއްދަތެއްގައި ދިރިއުޅެން މަޖުބޫރެއް ވެސް ނުވާނެއެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެކި ގޮތްގޮތުން ފައިސާގެ މުއާމަލާތްކުރެވޭ ބޭންކިން ޚިދުމަތާއި އޮފްޝޯ ޕްރައިވެޓް ބޭންކިން ޚިދުމަތް ލިބޭނެއެވެ.


މުސްތަގުބަލަށް އެކަށައަޅާފައިވާ ގަވާއިދުތަކުން ޑިޖިޓަލް އެސެޓްތަކާއި ގްރީން ފައިނޭންސްއަށް އެހީތެރިވެދޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާ ކުރެއެވެ.

މިއީ ހަމައެކަނި މާލީ މަރުކަޒަކަށްވުމުގެ ބަދަލުގައި އަންނަން އޮތް ޖީލުތަކުގެ ތަރިކައަށް އިންވެސްޓްކުރާ ފަރާތްތަކަށް މަންޒިލަކަށް ވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ވަނަ އަހަރާ ހަމައަށް ނިންމުމަށް ރޭވިފައިވާ މި މަޝްރޫއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވާސިލުވެވޭނެއެވެ. މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއުގެ މަގްސަދަކީ 4 އަހަރުގެ ތެރޭގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ފާހަގަކުރެވޭ މިންވަރަށް އިތުރުކުރުމެވެ. އެއާއެކު، ފަސް އަހަރު ދުވަހުގެ ތެރޭގައި 1 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެކަމަށް ސަރުކާރުން ލަފާކުރެއެވެ.

އެމްއައިއެފްސީގެ އެންމެ މައި މަރުކަޒަކީ 3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރެކެވެ. ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ކޮންވެންޝަން ވެނިއުގައި ބައިނަލްއަގްވާމީ ފެންވަރުގެ ކޮންފަރެންސްތަކާއި، ސަގާފީ ހަރަކާތްތަކާއި، އައު އީޖާދުތަކަށް މަގުފަހިކުރާ ހެކަތޯންތައް ބޭއްވޭނެއެވެ.