ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަލް ހިލާލް އާއި އެއްވަރުވެ ރޮނާލްޑޯގެ އަލް ނަސްރަށް ލީގު ހޯދުމަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ

އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ.
އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ.

ސައުދީ ޕްރޯ ލީގުގައި ރޭ އަލް ހިލާލް އާއި ދެކޮޅަށް އަލް ނަސްރު ކުޅުނު މެޗު އެއްވަރުވެ ލީގު ހޯދުމަށް އަލް ނަސްރަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.

ރޭނެ މެޗުގައި އަލް ނަސްރުން ލީޑުގައި އޮވެ މެޗު ނިމެން ދަނިކޮށް އިތުރުވަގުތުގައި އަބައިކޮޅަށް ވަރް ލަނޑާއި އެކު ދެޓީމު ވަނީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައިއެވެ.

ހަތް އަހަރުގެ ދިހު އިންތިޒާރަކަށް ފަހު ލީގު ޗެމްޕިއަންކަން ހޯދުމަށް އަލް ނަސްރަށް މި މެޗުގައި އޮތީ ފުރުސަތު ހުޅުވިފަ އެވެ. އެގޮތުން މި މެޗުން މޮޅުވެ ތިން ޕޮއިންޓް ހޯދައިފިނަމަ އެ ޓީމަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. ނަމަވެސް އެ މެޗުން މޮޅު ނުވެވުމުން އިތުރު އިންތިޒާރީއެއް ކުރަން ވަނީ ޖެހިފައިއެވެ.

އަލް ނަސްރަށް ބާކީ އެއް މެޗު އޮތްއިރު އެ ޓީމަށް 33 މެޗުން ލިބިފައިވާ 83 ޕޮއިންޓާއެކު އޮތީ ތާވަލުގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތް އަލް ހިލާލް އެއް މެޗު މަދުން ކުޅެގެން ވަނީ 78 ޕޮއިންޓް ލިބިފަ އެވެ. އެހެންކަމުން އަލް ހިލާލް އަށް ބާކީ އޮތް ދެ މެޗުން މޮޅުވި ނަމަވެސް އެ ޓީމަށް ލިބޭނީ 84 ޕޮއިންޓެވެ.

ދެ ޓީމުގެ ދެމެދުގައި ފަސް ގޯލުގެ ތަފާތަކުން އަލް ނަސްރު ކުރީގައި އޮތްއިރު ފަހު މެޗު އެއްވަރުކޮށްގެން ވެސް އަލް ނަސްރަށް ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.

އަލް ނަސްރުގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 37 ވަނަ މިނިޓުގައި މުހައްމަދު ސިމަކަން ވަނީ ލަނޑެއް ޖަހާ އަލް ނަސްރަށް ކުރި ހޯދަދީފަ އެވެ. އަދި އަލް ނަސްރަށް މި މެޗުން ލީގެ ޗެމްޕިއަންކަން ލިބޭނެކަމަށް ގަބޫލުކުރެވުނު ނަމަވެސް މެޗުގެ އިތުރު ވަގުތުގެ އަށްވަނަ މިނިޓުގައި އަލް ނަސްރުގެ ގޯލުކީޕަރު ބެންޓޯ އަތުން ބައިކޮޅަށް ވަން ލަނޑާއެކު އެ އުންމީދުތައް ވަނީ ގެއްލިފައެވެ. އަދި އެ ޓީމަށް ވަނީ އިތުރު މެޗަކަށް މަޑުކުރަން ޖެހިފަ އެވެ.

އަލް ނަސްރަށް ދެން އެންމެ އަވަހަށް އޮތީ އޭއެފްސީ ޗެމްޕިއަންސް ލީގު ޓޫގެ ފައިނަލް މެޗެވެ. އެ މެޗު މި މަޖހުގެ 16 ގައި ކުޅޭއިރު، އެ މެޗުގައި އަލް ނަސްރުން ބައްދަލުކުރާނީ ޖަޕާނުގެ ގެމްބާ އޮސާކާ އާއި އެވެ.

އޭގެ ފަހުން މި މަހުގެ 21 ގައި ޕްރޮ ލީހުގެ ފަހު މެޗުގައި އަލް ނަސްރުން ނުކުންނާނީ ދަމަކް އާއި ދެކޮޅަށެވެ. މިއީ ލީގުގެ ފަހު މެޗެވެ.