ކޯރަމް ހަމަނުވެގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަނުވުމުގެ ސަބަބުން، މިއަދަށް ތާވަލުކުރި ޖަލްސާ ބޭއްވޭގޮތް ނުވެ ކެންސަލްކޮށްފިއެވެ.
އާންމުކޮށް ހެނދުނު 9:00 ގައި ޖަލްސާތައް ފަށާއިރު، މިއަދުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ކޯރަމް ހަމަނުވާތީ ޖަލްސާ ފެށުން އެއްގަޑިއިރަށް ފަސްކުރައްވާފައެވެ.
އެހެންނަމަވެސް، 10:00 ޖެހިއިރުވެސް ޖަލްސާ ފެށުމަށް ބޭނުންވާ 23 މެންބަރުން ހާޒިރުވެފައި ނުވާތީ، މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ބ) ގެ ދަށުން މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެކަން ރިޔާސަތުން ވަނީ އިއުލާނު ކުރައްވާފައެވެ.
Ads by BMLރިޔާސަތުން ބަޔާންކުރެއްވި ގޮތުގައި މަޖިލީހުގެ ދެން އޮންނަ ޖަލްސާއެއް އޮންނާނީ މާދަމާ، މެއި މަހުގެ 14 ވަނަ ދުވަހުއެވެ.
މާދަމާގެ ޖަލްސާއަކީ މިހާރު ހިނގަމުންދާ ދައުރުގެ އެންމެ ފަހު ޖަލްސާއަށް ވާއިރު، އެ ޖަލްސާއަށްފަހު މެންބަރުން ދެން ދާނީ މަޖިލީހުގެ ޗުއްޓީއަށެވެ.
Ads by MACL
