ރައީސް ޑރ މުއިއްޒުގެ 15 ގަޑިއިރުގެ ޕްރެސް ކޮންފަރެންސް: އިދިކޮޅު ފަރާތްތަކަށް އަދިވެސް ގަބޫލުކުރަން ދަތި!
ރައީސް ޑރ މުޙައްމަދު މުއިއްޒު ބޭއްވި 15 ގަޑިއިރުގެ ދިގު ނޫސްވެރިންގެ ބައްދަލުވުމަކީ އިދިކޮޅު ފަރާތްތަކަށް ހަޖަމުކުރަން ވަރަށް އުނދަގޫވެފައިވާ ކަމެއްކަން ފާހަގަކުރެވެން ފަަށައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ނޫސްވެރިން ކުރި ހުރިހާ ސުވާލަކަށް ޖަވާބު ދެއްވާފައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ނޫސްވެރިން ބައިވެރިވިއެވެ.
ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ސިޔާސަތުތަކާއި ކުރިއަށް އޮތް ތަނުގައި ގެންގުޅުއްވާނެ އުސޫލުތަކާ ބެހޭ ގޮތުން ވަރަށް ތަފްސީލުކޮށް މަޢުލޫމާތު ދެއްވިއެވެ. އަދި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގައި ރައީސް މުއިއްޒުގެ ހިތްވަރުގަދަކަން ފާހަގަކުރެވުނެވެ.
Ads by BMLނަމަވެސް، މި ބައްދަލުވުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ދޮގު ވާހަކަ ފަތުރައި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދަމުންނެވެ.
އެމްޑީޕީގެ ގައުމީ މަޖްލިސް މެމްބަރު އަކްރަމް ކަމާލުއްދީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ރަސްމީ ބަންދު ދުވަހެއްގައި ރައީސް ކުރެއްވީ ރަނގަޅު މަސައްކަތެއް ނޫންކަމުގައެވެ. އަދި ރަނގަޅު ބައްޕައަކު ކޮށްގެން ވާނެ ކަހަލަކަމެއް ނޫންކަމަށް ވަނީ ބުނެފައެވެ.
އެ ފަރާތްތަކުން ބުނާ ގޮތުގައި މިފަދަ ދިގު ބައްދަލުވުމެއް ބޭއްވުމަކީ ރައްޔިތުންގެ ވަގުތު ބޭކާރުކުރުމެވެ. އަދި މި ބައްދަލުވުމުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ.
ސަރުކާރުގެ ފަރާތުން މިކަމާ ގުޅޭ ގޮތުން ބުނެފައިވަނީ ރައީސް މުއިއްޒުގެ މި ބައްދަލުވުމަކީ ރައްޔިތުންނަށް ސީދާ މަޢުލޫމާތު ފޯރުކޮށްދިނުމަށް ބޭއްވުނު ބައްދަލުވުމެއް ކަމަށެވެ. އަދި މިފަދަ ބައްދަލުވުންތައް ކުރިއަށް އޮތް ތަނުގައިވެސް ބާއްވަމުން ގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
މި ނިއުސް ކޮންފަރެންސް އަކީ މިހާތަނަށް ރައީސަކު ދެއްވި އެންމެ ދިގު ޕްރެސް އެވެ. އަދި ދުނިޔޭގެ މީޑިއާ ތަކުންވެސް ވަނީ ވަރަށް ބޮޑަށް މި ޕްރެސްގެ ވާހަކަ ޝާއިއު ކޮށްފައެވެ.
މި ބައްދަލުވުމާ ގުޅިގެން ރައްޔިތުންގެ މެދުގައި ދެ ބަސްވުންތަކެއް އުފެދިފައިވާއިރު، ގިނަ ބަޔަކު މި ބައްދަލުވުމަށް ތާއީދުކުރާ ކަން ފާހަގަކުރެވެއެވެ.
Ads by MACL
