ހައިވޭގައި، ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ
ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ހައިވޭގެ ފަޅީގައި، އެއާޕޯޓު ޓްރެފިކް ލައިޓް
ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 މެއި 13 ވަނަ
ދުވަހުގެ ރޭ 22:12 އެހައިކަންހާއިރުއެވެ. އެކްސިޑެންޓް ހިނގުމާއެކު ދިވެހި
ފުލުހުންގެ ޚިދުމަތުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެ، ޓްރެފިކް
ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށާފައެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ، އެ
މަގުން ދަތުރުކުރި ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން
ދަތުރުކުރި ޕިކަޕެއްގެ ދަށުވެގެންނެވެ. މި ހިތާމަވެރި ހާދިސާގައި ޕިކަޕު ދަށުވެ
ބޮޑެތި އަނިޔާތަކެއް ލިބުނު މީހާ މިހާރު ވަނީ ނިޔާވެފައެވެ.
Ads by BMLމި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، ހާދިސާ ހިނގަން މެދުވެރިވި
ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް
ތަހުގީގު ކުރަމުންނެވެ.
ސިނަމާލެ ބްރިޖާއި ހައިވޭ ގުޅޭ ސަރަހައްދުތަކުގައި، ޚާއްސަކޮށް ޓްރެފިކް ލައިޓްތައް
ކައިރީގައި ދޭތެރެދޭތެރެއިން މިފަދަ އެކްސިޑެންޓްތައް ހިނގުމަކީ އާންމުކަމެކެވެ.
އެހެންކަމުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވެ، ކަނޑައެޅިފައިވާ
ސްޕީޑުގައި އުޅަނދު ދުއްވުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް
އިލްތިމާސްކުރެއެވެ.
Ads by MACL
